އެއިޓީން ތާޓީ: ވެމްކޯ އަށް މޮޅެއް، ސެމީގެ ފަހު ޖާގަ ސްޓެލްކޯ އަށް

Sep 14, 2024, 3:59 AM
ހެލްތުގެ ސިންވާ (ކ) ކައިރިން ވެމްކޯގެ އިނާޝާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހެލްތުގެ ސިންވާ (ކ) ކައިރިން ވެމްކޯގެ އިނާޝާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ (އަންހެން ޑިވިޝަން)ގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުނުއިރު، ހެލްތު ރެކްރިއޭޝަން ކްލަބް އަތުން 9-0 އިން ކްލަބް ވެމްކޯ މޮޅުވިއިރު، ދަރުމަވަންތަ ހޮސްޕިޓަލާއި ޔޫތު ރެކްރިއޭޝަން ކްލަބްގެ މެޗު 1-1 އިން އެއްވަރުވުމުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގައި ރޭ ދަރުމަވަންތަައާ ކުޅެގެން ޔޫތު ގިނަ ގޯލުތަކެއް ޖަހައި މޮޅުވެގެން ސެމީ އަށް ދެވެން އޮތެވެ. އެކަމަކު، އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އައިމިނަތު އިބްރާހިމް ޔޫތަށް ލީޑުނަގައިދީފައިވަނިކޮށް، ދަރުމަވަންތަ އަށް އެއްވަރުކޮށްދިނީ، މަރިޔަމް ޝަފާ ބިންތި އަހުމަދު އަލީ އެވެ.

ގްރޫޕް އޭގެ އެއް ވަަނަ ހޯދީ ތިން މެޗުން މޮޅުވި ޕޮލިސް ކްލަބް އެވެ. އެ ޓީމުން ނުވަ ޕޮއިންޓް ހޯދި އެެވެ. ދެ ވަަނަ ލިބުނު ސްޓެލްކޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޔޫތުން ތިން ވަނަ ހޯދީ ދެ ޕޮއިންޓާ އެކު އެވެ. ދަރުމަވަންތަ އިން މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

ހެލްތު ކޮޅަށް ރޭ ވެމްކޯގެ ފާތިމަތު އިނާޝާ އާދަމް ހަ ލަނޑު ޖަހައި ދެ ހެޓްރިކް ހެދި އެވެ.

ވެމްކޯގެ އަނެއް ގޯލުތައް ޖެހީ، ޒުލޭހާ ހަބީބު، މަރިޔަމް މަލްޝާ ޝަމީމް އަދި އައިމިނަތު ފަޒްލާ އެވެ.

ގްރޫޕް ބީގެ ހަތަރު މެޗުން ވެމްކޯ މޮޅުވި ނަމަވެސް އެ ޓީމު ދިޔައީ ގްރޫޕްގެ ދެ ވަނަ އެވެ. އެއީ، ކުރިން ތިން މެޗުގައި އެ ޓީމުން، ކުޅެފައިވަނީ ޓީމުގައި ހިމަނަން ގަވާއިދު ތަން ނުދޭ ކުޅުންތެރިއަކު ހިމަނައިގެން ކަމަށްވާތީ، އެ ޓީމަަށް އެ މެޗުތަކުން ލިބިފައިވާ ޕޮއިންޓްތައް އުނިކުރުމަށް ފަހު އެވެ. އެހެންކަމުން، ގްރޫޕް ބީގެ އެއް ވަނަ 12 ޕޮއިންޓާ އެކު، އެމްޕީއެލް އަށް ލިބުނުއިރު، ދެ ވަނަ ދިޔަ ވެމްކޯ އަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ހެލްތުން މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކު އެެވެ. ވެމްކޯ ކުރިހޯދީ، ލަނޑުގެ ތަފާތުންނެވެ.

ސެމީ ފައިނަލުގައި ޕޮލިސް ކުޅޭނީ ވެމްކޯއާ އެވެ. އަނެއް ސެމީގައި އެމްޕީއެލް އިން ބައްދަލުކުރާނީ ސްޓެލްކޯއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox