ކްލަބް މޯލްޑިވްސް ކްލަސިކް: ގަދަ 16 ގެ ފަހު ދެ ޖާގަ ކުޅިވަރު ވުޒާރާ އާއި ޓްރޭޑް ކްލަބަށް

Sep 13, 2024, 4:49 AM
ކުޅިވަރު ވުޒާރާ ޓީމުގެ ހަތަރު ގޯލު ޖެހި ނާއިފް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކުޅިވަރު ވުޒާރާ ޓީމުގެ ހަތަރު ގޯލު ޖެހި ނާއިފް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާުތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފަހު ދެ ޖާގަ، ކުޅިވަރު ވުޒާރާ ކްލަބާއި ޓްރޭޑް ކްލަބުން ހޯދައިފި އެވެ.

ކްލަސިކްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިގެންދިޔައީ، ގްރޫޕް ޖީ އާއި އެޗްގެ ފަހު ހަތަރު މެޗުންނެވެ. ކުޅިވަރު ވުޒާރާ ކްލަބުން ގްރޫޕް ޖީގައި، ދާހިލީ ކްލަބް އަތުން 6-1 އިން މޮޅުވިއިރު، ހުޅުމާލެ ހޮސްޕިޓަލުން ވަނީ 3-2 އިން ޓްރޭޑްނެޓް ބަލިކޮށްފަ އެވެ. ގްރޫޕް އެޗްގައި، ކްލަބް 220 އިން ވަނީ 12-1 އިން ހަޔާ އެޑިއުކޭޝަން އަތުން މޮޅުވެފަ އެވެ. އަދި އެ ގްރޫޕްގައި ކްލަބް އެންޑީއޭ އަތުން ޓްރޭޑް ކްލަބް މޮޅުވީ 3-0 އިންނެވެ.

ކުޅިވަރުގެ ވުޒާރާ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ނާއިފް ޝަފީގު ހަތަރު ގޯލާއި އަހުމަދު އަލީ (އައްމަޑޭ) އަދި މޫސާ ނަދީމް އެެވެ. ދާހިލީގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝާމިލް އެވެ. މި ގްރޫޕްގައި ހުޅުމާލެ ހޮސްޕިޓަލުން ޓްރޭޑްނެޓް ބަލިކުރިއިރު، ގޯލުތައް ޖެހީ، އަލީ ޝާޒް ހިލްމީ، އަބްދުﷲ ނާސިފް، އަހުމަދު އިޔާޝް ޝިނާން އެވެ. ޓްރޭޑްނެޓުން ލަނޑުތައް ޖެހީ، އަބްދުﷲ ހިޝާން އާއި މުހައްމަދު އައުސް އެވެ.

ހަޔާ އެޑިއުކޭޝަންގެ އާއިޝް (ވ) ކައިރިން ބޯޅަ ހިފައިގެން ކްލަބް 220 ޓީމުގެ ނިޝާހު ދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި ގްރޫޕްގެ އެއް ވަނަ ލިބުނީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދި، ހުޅުމާލެ ހޮސްޕިޓަލަށެވެ. ކުޅިވަރު ވުޒާރާ ކްލަބުން ހަ ޕޮއިންޓާ އެކު ދެ ވަނަ ހޯދިއިރު، ދާހިލީ އަށް ތިން ޕޮއިންޓާ އެކު ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމާލި ޓްރޭޑްނެޓަށް ޕޮއިންޓެއް ނުލިބެ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕުން ރޭ ވަނީ، ހަޔާ އެޑިއުކޭޝަން ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ނިޝާހު ވަނީ ކްލަބް 220 އަށް ހަތަރު ލަނޑު ޖަހައިދީފަ އެވެ. އަހުމަދު ސާމިހު ހެޓްރިކެއް ހެދިއިރު، މައްސޫދު ޝަބީން ދެ ގޯލާއި އަޝްފާގު ނައީމް ދެ ގޯލު އަދި އަލީ އިކުރާމް (އައްޔަ) ވަނީ ލަނޑެއް ޖަހައިފަ އެވެ. ހަޔާ އެޑިއުކޭޝަންގެ ހަމައެކަނި ލަނޑު ޖެހީ، އަހުމަދުﷲ މައުތޫފް އިބްރާހިމް އެވެ.

އަނެއް މެޗުގައި، އެންޑީއޭ އަތުން ޓްރޭޑް ކްލަބް މޮޅުވިއިރު، ލަނޑުތައް ޖެހީ، މުސްތަފާ އަބްދުލް ގަފޫރު އާއި މުހައްމަދު ސަމީން އަދި ހަސަން އަޒްވާން އެވެ.

މި ގްރޫޕުން އެއް ވަނަ ދިޔައީ، ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދި ކްލަބް 220 އެވެ. ދެ ވަނަ ހޯދި ޓްރޭޑް ކްލަބަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ކްލަބް އެންޑިއޭ އާއި ހަތަރެއްގައި ނިންމި، ހަޔާ އެޑިއުކޭޝަން އަށް ލިބުނީ އެއް ޕޮއިންޓެވެ.

ގަދަ 16 އަށް ދިޔަ ޓީމުތަކަކީ، ގްރޫޕް އޭ އިން ތައުލީމީ ގުޅުމާއި ފެހިފަހި ކްލަބް، ގްރޫޕް ބީ އިން ޓީމު ބަދަހި އާއި ކްލަބް އެސްޑީއެފްސީ، ގްރޫޕް ސީ އިން ކްލަބް ބިނާރާ އާއި އެޗްޕީއެސްއެން، ގްރޫޕް ޑީ އިން ޓީމު ޑީޖޭއޭ އާއި ޓީމު މާލެ ސިޓީ ކައުންސިލް، ގްރޫޕް އީ އިން ރައީސް އޮފީސް އާއި ޓީމު ދަރުމަވަންތަ، ގްރޫޕް އެފް އިން އެމްއެމްއޭ އާއި ކްރިމިނަލް ކޯޓު، ގްރޫޕް ޖީ އިން ހުޅުމާލެ ހޮސްޕިޓަލާއި ކުޅިވަރު ވުޒާރާ ކްލަބް އަދި ގްރޫޕް އެޗް އިން ކްލަބް 220 އާއި ޓްރޭޑް ކްލަބް އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox