އެއިޓީން ތާޓީ: ހެލްތު ބަލިކޮށް އެމްޕީއެލް ސެމީ ފައިނަލަށް

Sep 12, 2024, 5:14 AM
ރޭގެ މެޗުގެ ތެރެއިން އެމްޕީއެލްގެ ކަރީނާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ މެޗުގެ ތެރެއިން އެމްޕީއެލްގެ ކަރީނާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ (އަންހެން ޑިވިޝަން)ގައި ރޭ ހެލްތު ރެކްރިއޭޝަން ކްލަބް 9-0 އިން ބަލިކޮށް، މި މުބާރާތުގެ ޗެމްޕިއަންކަން ، ތިން ފަަހަރު ހޯދާފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސެމީ ފައިނަލަށް ދަތުރުކޮށްފި އެެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭއިރު، އެމްޕީއެލްގެ މެޗުތައް ވަނީ ނިމިފަ އެެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދާފައިވާ ވެމްކޯ އެވެ. ދެ ވަނައިގައި އޮތް އެމްޕީއެލް އަށް ހަތަރު މެޗުން، ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން މެޗުން ހެލްތަށް ޕޮއިންޓެއް ނުލިބެ އެވެ.

އެމްޕީއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ، ކަރީނާ މިރްޒޮއޭވާ އާއި ފަރާ އަހުމަދު ހެޓްރިކެއްގެ އިތުރުން، ފާތިމަތު ނިއުޝާ، ފާތިމަތު ތާނީ ލަތީފް އަދި އަފާ އިސްމާއިލް އެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ޔޫތު ރެކްރިއޭޝަން ކްލަބާއި ސްޓެލްކޯ ކްލަބް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ސްޓެލްކޯ އިން ފިރުޝާނާ ނަސީރު ގޯލެއް ޖަހައި ލީޑުނަގައިދީފައިވަނިކޮށް، ޔޫތު ޓީމުގެ އައިމިނަތު އިބްރާހިމް ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޓެލްކޯ އަށް އެއްވަރުކޮށްދިނީ، އޭރިއޭބޭރުން، މަރިޔަމް ޝައުފާ ޖެހި ގޯލުންނެވެ.

ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ޕޮލިސް ވަނީ ކުޅުނު ތިން މެޗުން މޮޅުވެ، ސެމީ ފައިނަލް ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި މި ވަގުތު ސްޓެލްކޯ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޔޫތު ރެކްރިއޭޝަން ކްލަބަށް ޕޮއިންޓެއް ލިބިފައިވާއިރު، ފިުލިުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox