އެމްއެމްއޭ އާއި ކްރިމިނަލް ކޯޓު ގަދަ 16 އަށް

Sep 12, 2024, 5:05 AM
ކްރިމިނަލް ކޯޓާއި މީރާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްރިމިނަލް ކޯޓާއި މީރާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ރޭ ކުޅުނު ގްރޫޕް އެފްގެ ފަހު މެޗުތަކުން މޮޅުވެ، ކްރިމިނަލް ކޯޓާއި އެމްއެމްއޭ ސޯޝަލް ކްލަބް މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުން ކްރިމިނަލް ކޯޓުން ވަނީ 1-0 އިން މިރާ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން އެމްއެމްއޭ އިން ވަނީ ސިވިލް ކޯޓުގެ މައްޗަށް 14-1 އިން ކުރިހޯދައިފަ އެވެ.

މި ގްރޫޕްގެ އެއް ވަނަ ހޯދީ އެމްއެމްއޭ އެވެ. އެއީ ހަތް ޕޮއިންޓާ އެކު، ފައިދާ 14 ގޯލު އޮތުމުންނެވެ. ދެ ވަނައިގައި އޮތް، ކްރިމިނަލް ކޯޓަށް ވަނީ ހަތް ޕޮއިންޓާ އެކު، ފައިދާ ނުވަ ގޯލު ލިބިފަ އެވެ. ތިން ވަނައިގައި އޮތް މީރާ އަށް ތިން ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމާލި ސިވިލް ކޯޓަށް ޕޮއިންޓެއް ނުލިބެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ކްރިމިނަލް ކޯޓަށް ރޭގެ މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ ޔައިޝް މުސްތަފާ އެވެ. މި މެޗުގައި މީރާގެ ކުޅުންތެރިން ފޮނުވާލި ނުވަ ޝޮޓެއް، ކްރިމިނަލް ކޯޓުގެ ކީޕަރު، ހުސެއިން ސަބީލް ވަނީ މަތަކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ލީޑުފުޅާކުރަން، ފޮނުވާލި ހަމަލާތައް މީރާގެ ކީޕަރު މުހައްމަދު ޝާން ވެސް ވަނީ މަތަކޮށްފަ އެވެ.

އެމްއެމްއޭ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ނާއިފް ހަތް ގޯލާއި އަބްދުﷲ ނާސިފް ދެ ގޯލާއި ހުޝާމް އިބްރާހިމް، މުހައްމަދު މުބީން، އަހުމަދު ފާރިޝް، އަލީ ޔަޒީދު އަދި ޒަޔާން ޝާނިޒް ގޯލެކެވެ. ސިވިލް ކޯޓުގެ ގޯލު ޖެހީ، އަލީ ފަޒްލީން އެވެ.

ކްލަސިކްގެ ހަ ގްރޫޕެއްގެ ކުޅުން ނިމިފައިވާއިރު، ގަދަ 16ގެ 14 ޖާގައެއް ވަނީ ޔަގީންވެފަ އެވެ. ގަދަ 16 ގެ ފުރުސަތު ހޯދާފައިވަނީ، ގްރޫޕް އޭ އިން، ތައުލީމީ ގުޅުމާއި ފެހިފަހި ކްލަބް، ގްރޫޕް ބީ އިން، ޓީމު ބަދަހި އާއި ކްލަބް އެސްޑީއެފްސީ، ގްރޫޕް ސީ އިން ކްލަބް ބިނާރާ އާއި އެޗްޕީއެސްއެން، ގްރޫޕް ޑީ އިން، ޓީމު ޑީޖޭއޭ އާއި ޓީމު މާލެ ސިޓީ ކައުންސިލް، ގްރޫޕް އީ އިން، ރައީސް އޮފީސް އާއި ޓީމު ދަރުމަވަންތަ، ގްރޫޕް އެފް އިން، އެމްއެމްއޭ އާއި ކްރިމިނަލް ކޯޓު އަދި ބާކީ މެޗެއް އޮއްވައި، ގްރޫޕް ޖީ އިން ހުޅުމާލެ ހޮސްޕިޓަލް އަދި ގްރޫޕް އެޗް އިން ކްލަބް 220 އެވެ.

މިރޭ އޮތީ ގްރޫޕް ޖީގެ ފަހު ދެ މެޗާއި ގްރޫޕް އެޗްގެ ފަހު ދެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox