ސަސްޕެންޑު ކޮށްފައި ތިބި ޝިއުނާ އަދި މަލްޝާ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދީފި

މަލްޝާ (ވ) އަދި ޝިއުނާ (މ) ރައީސް މުއިއްޒުއާއެކު: މިއަދު އިސްތިއުފާދެއްވި ދެ ނައިބުން ސަސްޕެންޑުކުރި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުމާ ގުޅިގެން --- ފޮޓޯ: ޕީއެންސީ

މަލްޝާ (ވ) އަދި ޝިއުނާ (މ) ރައީސް މުއިއްޒުއާއެކު: މިއަދު އިސްތިއުފާދެއްވި ދެ ނައިބުން ސަސްޕެންޑުކުރި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުމާ ގުޅިގެން --- ފޮޓޯ: ޕީއެންސީ

ޖެނުއަރީ މަހު ސަސްޕެންޑު ކުރި ޔޫތު މިނިސްޓަރީގެ ދެ ނައިބު ވަޒީރުން ކަމަށްވާ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އެ ދެ މީހުން އިސްތިއުފާދެއްވިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. ޝިއުނާ އެކަން ފޯނުން ކަށަވަރުކޮށްދިނަސް ސަބަބެއް ވިދާޅެއްނުވެ އެވެ.

މަލްޝާ އަދި ޝިއުނާ މަގާމުން އިސްތިއުފާ މިދިނީ ސަސްޕެންޝަނުގައި ތިއްބަވައިގެން މުސާރަ ނަންގަވާތާ އަށް މަސްވެފައިވަނިކޮށެވެ. މި މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ނެންގެވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި މި ދެ މީހުންގެ އިތުރުން، ހަމަ އެ މިނިސްޓްރީގެ ނައިބު މަހުޒޫމް މާޖިދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. މަހުޒޫމް އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރައި ހުޅުގަނޑު ފަޅައިގެން ދިޔައީ އެ ތިން މީހުން ވެސް އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.

އެ ކަންތައްގަނޑުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކުރި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ވަރުގެ ހީނަރުކަމެއް އައިސްފައިވެ އެވެ.

ނަމަވެސް ސަރުކާރުން މިހާރު ދަނީ އިންޑިއާއާ އެކު އޮތް ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އަލިމަގެއް ފެނި، މާލީ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން އެހީތެރިވާން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއަށް ވަޑައިގެންފަ އެވެ. މި ދަތުރުތަކުގައި ދެ ގައުމުގެ ދެމެދު ގިނަ މަޝްވަރާތަކެއް ވެސް ކުރި އެވެ.

މިއަދު އިސްތިއުފާދެއްވި ޝިއުނާ އަދި މަލްޝާއަކީ ރައީސް މުއިއްޒުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދެ މީހުންނެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވިއިރު ވެސް އެ ދެ މީހުން އެ އިދާރާގައި މަސައްކަތް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox