ކްލަބް މޯލްޑިވްސް ކްލަސިކް: ޓްރާންސްޕޯޓް ބަލިކޮށް ފެހި ފަހި ކްލަބް ގަދަ 16 އަށް

Sep 10, 2024, 4:37 AM
ޓްރާންސްޕޯޓް އާއި ފެހި ފަހި ކްލަބް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޓްރާންސްޕޯޓް އާއި ފެހި ފަހި ކްލަބް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ފޯރިގަދަ ކުރިމަތިލުމަކަށް ފަހު، 6-5 އިން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ފެހި ފަހި ކްލަބުން ގަދަ 16 ބުރުގެ ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗުން، ރައްޔިތުންގެ މަޖިލީހުގެ ޓީމު، ޕެމާ އިން މޮޅުވިނަމަ، ފެހި ފަހި ކްލަބް މޮޅުވެގެން ވެސް ގަދަ 16 އަށް ނުދެވޭނެ އެވެ. އެކަމަކު، ޕެމާގެ މައްޗަށް ތައުލީމީ ގުޅުމުން ވަނީ 3-0 އިން ކުރިހޯދައިފަ އެވެ.

ތައުލީމީ ގުޅުން ގްރޫޕް އޭގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ތައުލީމީ ގުޅުމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެކަމަކު، މި ފަހަރު އެ ޓީމުން ނޮކައުޓަށް ދިޔައީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. ގްރޫޕްގެ ދެ ވަނަ ހޯދި ފެހި ފަހި ކްލަބަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ޕެމާ އަށް ދެ ޕޮއިންޓް އަދި ފުލުގައި ނިންމި ޓްރާންސްޕޯޓަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

މިދިޔަ އަހަރު ޓްރާންސްޕޯޓުން ސެމީގައި ކުޅުނުއިރު، ޕެމާ އިން ވަނީ ގަދަ 16 ގައި ވާދަކޮށްފަ އެވެ.

ޓްރާންސްޕޯޓަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަަދު އާރިފް ދެ ގޯލާއި މުހައްމަދު ފަޒީލް، އަލީ އަމީން އަދި މަޒުހަރު އަބްދުﷲ (މަޒޭ) އެވެ. ފެހި ފަހި ޓީމުގެ ލަނޑުތައް ޖެހީ، އަބްދުﷲ އަބްދުލް ކަރީމް ދެ ގޯލާއި އީމާން އިސްމާއިލް، މައުމާން އަބްދުލް ރަޝީދު، އަހުމަދު މުއާދު އަދި މުހައްމަދު އަބްދުﷲ އެވެ.

އެސްޑީއެފްސީ އާއި ބަދަހި ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް،އެމްވީ

ޕެމާ ކޮޅަށް ތައުލީމީ ގުޅުމުގެ އަލީ އިފުރާދު އާއި އާތިފް މުހައްމަދު ލަނޑު ޖެހިިއިރު، އަނެއް ގޯލަކީ ޕެމާގެ މާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގްރޫޕް ބީގެ މެޗުތަކަށް ރޭ ނުކުތްއިރު ވެސް، ޓީމު ބަދަހި އާއި ކްލަބް އެސްޑީއެފްސީ އޮތީ ގަދަ 16 ޔަގީންކޮށްފަ އެވެ. ރޭ ބަދަހި އާއި އެސްޑީއެފްސީ ވެގެންދިޔައީ، ގްރޫޕް އެއް ވަނަ ކަނޑައަޅާ މެޗަށެެވެ. އެ މެޗުން، 2-1 އިން މޮޅުވެ، ބަަދަހި ޓީމު ވަނީ، ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އެސްޑީއެފްސީ ދެ ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ.

ބަދަހި ޓީމުގެ ލަނޑުތައް ޖެހީ، އަލީ ރިޒްވީން އެވެ. އަދި އެސްޑީއެފްސީގެ ލަނޑު ޖެހީ އިބްރާހިމް އަޒްހަމް އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، ހާރިޖީން ވަނީ 4-2 އިން އެގްރި ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު ހާރިޖީ ޓީމު މި ފަހަރު ގްރޫޕް ސްޓޭޖުން ކެޓިއިރު، ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ، ރޭގެ މެޗުންނެވެ. އެގްރި ކެޓީ ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ.

ހާރިޖީ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހުސެއިން އިބްރާހިމް ދެ ގޯލާއި އަލީ ޒާހިރު އަދި އަހުމަދު ފިރާޒް މޫސާ އެވެ. އެގްރި ޓީމުގެ ލަނޑުތައް ޖެހީ އަޝްރަފް އަބްދުލް ސައްތާރު އާއި މުހައްމަދު އުނައިސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox