ކްލަބް މޯލްޑިވްސް ކްލަސިކް: ކުޅިވަރު ވުޒާރާ ބަލިކޮށް ހުޅުމާލެ ހޮސްޕިޓަލް ގަދަ 16 އަށް

Sep 9, 2024, 4:02 AM
ހުޅުމާލެ ހޮސްޕިޓަލް އާއި ކުޅިވަރު ވުޒާރާ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ހުޅުމާލެ ހޮސްޕިޓަލް އާއި ކުޅިވަރު ވުޒާރާ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކުޅުނު މެޗުން 5-3 އިން ކުޅިވަރު ވުޒާރާ ކްލަބް ބަލިކޮށް، ހުޅުމާލެ ހޮސްޕިޓަލް މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ޔަގީންކޮށްފި އެވެ.

ރޭގެ މި ނަތީޖާއާ އެކު، ގްރޫޕް ޖީގެ އެއް ވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ކުޅިވަަރު ވުޒާރާ ކްލަބާއި ތިން ވަނައިގައި އޮތް ދާހިލީ ކްލަބް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޓްރޭޑްނެޓް ވަނީ ދެ މެޗުން ބަލިވެ ކަޓައިފަ އެވެ.

މި ގްރޫޕްގެ ފަހު މެޗުތަކުގައި، ހުޅުމާލެ ހޮސްޕިޓަލް ކުޅޭނީ ޓްރޭޑްނެޓްއާ އެވެ. އަދި ދާހިލީ އާއި ކުޅިވަރު ވުޒާރާ އަނެއް މެޗުގައި ބައްދަލުކުރާއިރު، އެ މެޗު އެއްވަރުކޮށްލަައިގެން ވެސް ކުޅިވަރު ވުޒާރާ އަށް ގަދަ 16 ގެ ޖާގަ ލިބޭނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓީމުގެ ހަސަން ސޮލާހު ހެޓްރިކެއް ހެދިއިރު، އަލީ ޝާޒް ހިލްމީ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. ކުޅިވަރު ވުޒާރާގެ ލަނޑުތައް ޖެހީ ސާޖިދު އަހުމަދު އިބްރާހިމް ދެ ގޯލާއި މޫސާ ނަދީމް ގޯލެކެވެ.

މީރާ ޓީމުގެ ނާހިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހުޅުމާލެ ހޮސްޕިޓަލް އަކީ ގަދަ 16 ބުރު ޔަގީންކުރި ހަތް ވަނަ ޓީމެވެ. މީގެ ކުރިން، ގަދަ 16 ޔަގީންކުރި ޓީމުތަކަކީ، ގްރޫޕް އޭގައި ކުޅުނު ދެ މެޗުން މޮޅުވި، ތައުލީމީ ގުޅުމާއި ގްރޫޕް ބީގައި ފުރަތަމަ ދެ މެޗުން މޮޅުވި، ޓީމު ބަދަހި އާއި ކްލަބް އެސްޑީއެފްސީ، ގްރޫޕް ޑީން ފުރަތަމަ ދެ މެޗުން މޮޅުވި، ޓީމު ޑީޖޭއޭ އާއި ޓީމު މާލެ ސިޓީ ކައުންސިލް އަދި ގްރޫޕް އެޗް އިން ކުޅުނު ދެ މެޗުން މޮޅުވި، ކްލަބް 220 އެވެ.

ޓީމު ދަރުމަވަންތަ އިން ވަނީ ރޭ ގްރޫޕް އީގައި ކުޅުނު މެޗުން 5-3 އިން ހިޔާ ކްލަބް ބަލިކޮށްފަ އެވެ. ދަރުމަވަންތަ ޓީމުގެ އިސްމާއިލް އަރީޝް ދެ ގޯލު ޖެހިއިރު، މުހައްމަދު މުނާޒު، އިބްރާހިމް ސޯލިހު އަދި ސަހުބާން ރަޝީދު ވަނީ ލަނޑު ޖަހައިފަ އެވެ. ހިޔާ ކްލަބްގެ ލަނޑުތައް ޖެހީ، އިބްރާހިމް އައުރާފް ދެ ގޯލާއި އަލީ މުހައްމަދު އެވެ.

ގްރޫޕް އެފްގައި ދެ މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ، މީރާ ރެކްރިއޭޝަން ކްލަބުން ވަނީ 7-2 އިން ސިވިލް ކޯޓު ބަލިކޮށްފަ އެވެ. މި މެޗުގައި މީރާގެ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، މުހައްމަދު ނާވީ ނަޒީރު، ރިމާން އަލީ، ނާހިލް ނައީމް އަދި އަހުމަދު އާސިމް އެވެ. ސިވިލް ކޯޓުގެ ލަނޑުތައް ޖެހީ، އަލީ ފަޒްލީން އާއި ހުސެއިން ޝަމީމް އެވެ.

ގްރޫޕް އެޗްގައި ޓްރޭޑް ކްލަބުން ވަނީ 4-2 އިން ހަޔާ އެޑިއުކޭޝަން ބަލިކޮށްފަ އެވެ. ޓްރޭޑް ކްލަބްގެ ހަސަން އަޒްވާން ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ މުހައްމަދު އަސީލް އާއި އަހުމަދު އާލިމް އެވެ. ހަޔާ އެޑިއުކޭޝަންގެ ގޯލުތައް ޖެހީ އަހުމަދުﷲ މައުތޫފް އިބްރާހިމް އާއި އައިޝް އަހުމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox