ސްޓެލްކޯ ކޮޅަށް 10 ގޯލު ޖަހައި ޕޮލިސް ސެމީ އަށް

Sep 8, 2024, 5:43 AM
ޕޮލިސް ޓީމުގެ ތީބާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޕޮލިސް ޓީމުގެ ތީބާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަތުން 10-0 އިން މޮޅުވެ، ޕޮލިސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގައި ވާދަކުރާ ޕޮލިސް ކްލަބުން ފުރަތަމަ މެޗުގައި ޔޫތު ރެކްރިއޭޝަން ކްލަބް ބަލިކުރީ 17-0 އިންނެވެ. ދެ ވަނަ މެޗުގައި ސްޓެލްކޯ ކޮޅަށް 10 ގޯލު ޖެހިއިރު، ބާކީ މެޗެއް އޮއްވައި، ޕޮލިހުން މި ވަނީ ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ.

ޕޮލިސް ޓީމަށް ރޭގެ މެޗުގައި، މަރިޔަމް ރިފާ އާއި ފާތިމަތު ތީބާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގައި ޖެހި ތިން ގޯލާ އެކު ރިފާ މި ފަހަރުގެ މުބާރާތުގައި ޖެހި ގޯލުގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ. ރޭގެ މެޗުގައި، ޕޮލިހުގެ އަނެއް ގޯލުތައް ޖެހީ، ފާތިމަތު ސައިނާ، އައިމިނަތު ޒާހިޔާ، ރާނިޔާ އިބްރާހިމް އަދި އައިޝަތު އަމީޝާ ސަލާމް އެވެ.

މި މެޗުގައި، ސްޓެލްކޯގެ އެންމެ މުހިންމު ކުޅުންތެރިޔާ، ފިރުޝާނާ ނަސީރު ނުކުޅެ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ޕޮލިސް އޮތްއިރު، ދެ ވަނައިގައި އޮތް ސްޓެލްކޯ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަރުމަަވަންތަ އާއި ހަތަރެއްގައި އޮތް ޔޫތު ރެކްރިއޭޝަން ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ބީގައި ރޭ ކުރީގެ ޗެމްޕިއަނެއް ކަމަށްވާ، އެމްޕީއެލް އިން ވަނީ ހެލްތު ރެކްރިއޭޝަން ކްލަބް 8-0 އިން ބަލިކޮށް މި ފަހަރުގެ މުބާރާުތުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ، މިރްޒޮއޭވާ ކަރީނާ ފަސް ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ފާތިމަތު ތާނީ ލަތީފް، ފަރާ އަހުމަދު އަދި އަައިމިނަތު ޝާމިލާ އެވެ.

މި ގްރޫޕްގައި ތިން ޓީމު ހިމެނޭއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅެ އެވެ. އެ ގޮތުން، ރޭގެ މެޗާ އެކު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް މެޗު ވަނީ ކުޅެފަ އެވެ. ވެމްކޯ ކުރީގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެމްޕީއެލް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ހެލްތަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox