ކްލަބް މޯލްޑިވްސް ކްލަސިކް: 6 ޓީމަކަށް ގަދަ 16 ބުރު ޔަގީންވެއްޖެ

Sep 8, 2024, 5:42 AM
ކްލަބް 220 ޓީމުގެ އައްޔަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް 220 ޓީމުގެ އައްޔަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގަދަ 16 ބުރުން ހަ ޓީމެއް ޖާގަ ޔަގީންކޮށްފި އެވެ.

އެއީ ގްރޫޕް އޭގައި ކުޅުނު ދެ މެޗުން މޮޅުވި، ތައުލީމީ ގުޅުމާއި ގްރޫޕް ބީގައި ފުރަތަމަ ދެ މެޗުން މޮޅުވި، ޓީމު ބަދަހި އާއި ކްލަބް އެސްޑީއެފްސީ، ގްރޫޕް ޑީން ފުރަތަމަ ދެ މެޗުން މޮޅުވި، ޓީމު ޑީޖޭއޭ އާއި ޓީމު މާލެ ސިޓީ ކައުންސިލް އަދި ގްރޫޕް އެޗް އިން ކުޅުނު ދެ މެޗުން މޮޅުވި، ކްލަބް 220 އެވެ.

އިއްޔެ ހަވީރު ކްލަބް 220 ކުޅުނު މެޗުން ވަނީ 4-0 އިން ކްލަބް އެންޑީއޭ ބަލިކޮށްފަ އެވެ. ކްލަބް 220ގެ ލަނޑުތައް ޖެހީ، މައްސޫދު ޝަބީން ދެ ގޯލާއި އަހުމަދު ސާމިހު އަދި އަލީ އިކްރާމް (އައްޔަ) އެވެ. ކްލަބް 220 ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހަމަކުރިއިރު، ދެން އެ ގްރޫޕުން އިތުރު ދެ ޓީމަކަށް ހަ ޕޮއިންޓް ހޯދުމުގެ ފުރުސަތު ނެތުމާ އެކު، ބާކީ މެޗެއް އޮއްވައި، އެ ޓީމަށް އަނެއް ބުރު ޔަގީންވީ އެވެ.

ހަވީރު ކުޅުނު އަނެއް މެޗުގައި ދާހިލީ ކްލަބް ވަނީ 2-1 އިން ޓްރޭޑްނެޓް ބަލިކޮށްފަ އެވެ. ދާހިލީގެ ލަނޑުތައް ޖެހީ އިޒާން އިސްމާއިލް ޝަރާފް އާއި އަހުމަދު ޝާމިލް އެވެ. ޓްރޭޑްނެޓްގެ ގޯލު ޖެހީ މުހައްމަދު އައުސް އެވެ.

އެގްރިއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަހި ޓީމުގެ އާސިފް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ޓީމު ބަދަހިން ވަނީ އެގްރި ރެކްރިއޭޝަން ކްލަބް އަތުން 7-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ބަދަހި ޓީމުގެ އާދަމް އަޒުހާން އާއި އާސިފް ހަނީފް ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ އަލީ ރިޒްވީން، އިބްރާހިމް މުއާޒް އަދި އިބާދު އެވެ.

ބަދަހިގެ މި ނަތީޖާއާ އެކު، ފުރަތަމަ ދެ މެޗުން މި މި ގްރޫޕްގައި މޮޅުވެފައި އޮތް އެސްޑީއެފްސީ އަށް ވެސް އަނެއް ބުރު ޔަގީންވީ އެވެ. މިއީ އެސްޑީއެފްސީން ކްލަސިކްގައި ކުޅޭ ފުރަތަމަ ފަހަރެެވެ.

ޓީމު ޕެމާ (ރައްޔިތުންގެ މަޖިލީސް ޓީމު) ދެ ވަނަ މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. ރޭ އެ ޓީމު އެއްވަރުވީ ފެހި ފަހި ކްލަބާ އެވެ. އެއީ 2-2 އިންނެވެ. މި މެޗުގައި، ޕެމާގެ ހަސަން އަދުހަމް ދެ ލަނޑު ޖެހިއިރު، ފެހިފަހި ކްލަބްގެ އަހުމަދު މުއާދު އާއި އަބްދުﷲ އަބްދުލް ކަރީމް ވަނީ ލަނޑު ޖަހައިފަ އެވެ.

މި މެޗު އެއްވަރުވެގެން ނިމުމުން، މި ގްރޫޕްގެ ފުރަތަމަ ދެ މެޗުން މޮޅުވި، ތައުލީމީ ގުޅުމަށް ވަނީ އަނެއް ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ.

ސިޓީ ކައުންސިލް ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް ޑީގައި، މާލެ ސިޓީ ކައުންސިލުން ރޭ ވަނީ 3-0 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. ސިޓީ ކައުންސިލްގެ ލަނޑުތައް ޖެހީ އިބްރާހިމް އާގިލް ދެ ގޯލާއި އިސްމާއިލް މުސަބް ނަޖީބް އެވެ. މި މެޗުން ސިޓީ ކައުންސިލް މޮޅުވުމާ އެކު، ފުރަތަމަ ދެ މެޗުން މޮޅުވި، އެންމެ ފަހުގެ ޗެމްޕިއަން، ޑީޖޭއޭ އަށް ވެސް އަނެއް ބުރުގެ ޖާގަ ލިބުނީ އެވެ.

ގްރޫޕް ސީގައި ރޭ ކްލަބް ބިނާރާ އިން ވަނީ ފިޝަރީސް ރެކްރިއޭޝަން ކްލަބް 4-1 އިން ބަލިކޮށް، ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފަ އެވެ. ބިނާރާ ފުރަތަމަ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗުގައި ބިނާރާގެ ލަނޑުތައް ޖެހީ މުހައްމަދު ޝައުޔާ ދެ ގޯލާއި އަބްދުލް ބާސިތު ރަޝީދު އަދި އަހުމަދު ޝާމް އެވެ. ފިޝަރީސްގެ ލަނޑު ޖެހީ، މިނިސްޓަރު، އަހުމަދު ޝިޔާމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox