ކްލަބް މޯލްޑިވްސް ކްލަސިކް: ޑީޖޭއޭ، އެސްޑީއެފްސީ އަދި ތައުލީމީ ގުޅުން ދެ ވަނަ ބުރާ ގާތަށް

Sep 7, 2024, 4:34 AM
އެސްޑީއެފްސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެސްޑީއެފްސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ އާއި މުޅިން އަލަށް ވާދަކުރާ ކްލަބް އެސްޑީއެފްސީ އަދި ތައުލީމީ ގުޅުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މި ތިން ޓީމުން ވަނީ، މި ފަހަރުގެ ކްލަސިކް މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން މޮޅުވެ، ގަދަ 16 އިން ފުރުސަތު ބޮޑުކޮށްފަ އެވެ. އެ ގޮތުން، ގްރޫޕް ޑީގައި ރޭ ޑީޖޭއޭ އިން ވަނީ ޓޫރިޒަމް ކްލަބް އަތުން 10-4 އިން މޮޅުވެފަ އެވެ.

ގްރޫޕް އޭގައި ތައުލީމީ ގުޅުމުން ވަނީ 3-1 އިން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އަދި މުޅިން އަލަށް ވާދަކުރާ އެސްޑީއެފްސީން ވަނީ، ގްރޫޕް ބީގައި 7-1 އިން ޓީމު ހާރިޖީ ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި ޑީޖޭއޭގެ ކެޕްޓަން، ސައުދުﷲ އަހުމަދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އިބްރާހިމް ނައީމް، މުހައްމަދު ސަލީމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، މުހައްމަދު އަޖުވަދު ސޮލާހު، އިބްރާހިމް ނޫރައްދީން .(އެންޑިން) އަދި އަބްދުލް ސަމީއު އަލީ އެވެ. ޓޫރިޒަމް ޓީމުގެ ލަނޑުތައް ޖެހީ، މިނިސްޓަރު، އިބްރާހިމް ފައިސަލް ދެ ގޯލާއި އަލީ އަހްލާމް އަދި މުހައްމަދު ރިފްހާން އެވެ.

ޑީޖޭއޭ ޓީމުގެ އަޖުވަދު (ކ) އަތުން ޓޫރިޒަމް ޓީމުގެ މިނިސްޓަރު ފައިސަލް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ތައުލީމީ ގުޅުމަށް ރޭގެ މެޗުގައި، ލަނޑުތައް ޖަހައިދިނީ އަބްދުﷲ އިލްހާމް، އިބްރާހިމް ހަސަން އަދި އުމަރު ފާރޫގު އެވެ. ޓްރާންސްޕޯޓްގެ ހަމައެކަނި ލަނޑު ޖެހީ، އަބްދުﷲ މިއުޝާދު އެވެ.

އެސްޑީއެފްސީ އަށް ރޭގެ މެޗުގައި ހުސެއިން ފައުޒާން ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުތައް ޖަހައިިދިނީ، އިބްރާހިމް އަހުޒަމް ދެ ގޯލުގެ އިތުރުން، އިޒުއާން އަބްދުލް ރައްޒާގު އާއި އިސްމާއިލް ޒިޔާން ޒުހައިރު އެވެ. ހާރިޖީގެ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ހުސެއިން ސިނާހު އެވެ.

ގްރޫޕް އެފްގައި އެމްއެމްއޭ ސޯޝަލް ކްލަބާއި ކްރިމިނަލް ކޯޓު ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

އިއްޔެ ހަވީރު ކުޅިވަރު ވުޒާރާ ކްލަބުން ވަނީ 9-1 އިން ޓްރޭޑްނެޓް ބަލިކޮށްފަ އެވެ. ކުޅިވަރު ވުޒާރާ ކްލަބްގެ ސާޖިދު އަހުމަދު އިބްރާހިމް އާއި ނާއިފް ޝަފީގު (ސީއާރް3) ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، އަހުމަދު ސާޖިދު އެވެ. ޓްރޭޑްނެޓްގެ ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތު ޖެހީ، ކީޕަރު، އިސްމާއިލް އިހުތިރާމް އެވެ.

ކުޅިވަރު ވުޒާރާ ޓީމުގެ ނާއިފް އާއި ސާޖިދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް އެޗްގައި، ކްލަބް އެންޑީއޭ އާއި ހަޔާ އެޑިއުކޭޝަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި، ހަޔާ އެޑިއުކޭޝަނުން އަހުމަދުﷲ މައުތޫފް އިބްރާހިމް އާއި ހަސަން މަލާޒް ލަނޑުތައް ޖެހިއިރު، އެންޑީއޭގެ ދެ ލަނޑު ވެސް ޖެހީ، ޖަޒްލާން މުހައްމަދު އެވެ.

އެޗްޕީއެސްއެން އިން ވަނީ ފަހަތުން އަރައި، ޔޫތު ރެކްރިއޭޝަން ކްލަބް 4-2 އިން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ. މި މެޗުގައި ޔޫތުން ލީޑުނެގީ އެޗްޕީއެސްއެންގެ އަހުމަދު ރިލްވާން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެޗްޕީއެސްއެން އިން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލިއިރު، މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، އިޝާން އަބްދުﷲ، މުހައްމަދު ޖައިޝަމް، އަހުމަދު ވަދީއުގެ އިތުރުން، ޔޫތު ޓީމުގެ މަހުމޫދު ސިޔާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔޫތު ޓީމުގެ ފަހު ލަނޑު ޖެހީ މުހައްމަދު ޝާފިއު އެވެ.

ޕްރެޒިޑެންޓްސް އޮފީސް ސްޕޯޓްސް ކްލަބުން ވަނީ 5-1 އިން ފިނޭންސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ދެ ލަނޑު ޖެހިއިރު، ހުސެއިން ނަޖީބު، މުހައްމަދު އަޝްރަފު އަދި މުހައްމަދު ރިފާއު ވަނީ ލަނޑު ޖަހައިފަ އެވެ. ފިނޭންސްގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު އަޒާން ފަތުހުﷲ އެވެ.

މިއަދު ކްލަބް މޯލްޑިވްސް ކްލަސިކްގެ ހަ މެޗަކާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ ދެ މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox