އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާ: ވެމްކޯ ސެމީއާ ގާތަށް، ސްޓެލްކޯ ފެށީ މޮޅަކުން

Sep 6, 2024, 3:50 AM
އެމްޕީއެލްގެ ޝާމިލާ (ކ) ކައިރިން ވެމްކޯގެ ސާލިޔާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެމްޕީއެލްގެ ޝާމިލާ (ކ) ކައިރިން ވެމްކޯގެ ސާލިޔާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ މި ފަހަރުގެ މުބާރާތުގައި ކްލަބް ވެމްކޯ އިން ކުޅުނު ދެ ވަަނަ މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، 3-1 އިން ބަލިކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލިއިރު، ސްޓެލްކޯ ކްލަބުން ވަނީ 4-0 އިން ޓީމު ދަރުމަވަންތަ ހޮސްޕިޓަލް ބަލިކޮށް، މޮޅަކުން ފަށައިފި އެވެ.

ގްރޫޕް ބީގައި ހިމެނޭ ވެމްކޯ އިން ކުޅުނު ފުރަތަމަ މެޗުން 13-0 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކުރިއިރު، ރޭ އެމްޕީއެލް އަތުން މޮޅުވެ، މި ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.

ބާކީ ދެ މެޗުން، ވެމްކޯ އަށް މަދުވެގެން އެއް ޕޮއިންޓް ލިބިގެން ވެސް ސެމީ އަށް ދެވޭނެ އެވެ. އެ ޓީމަަށް މުބާރާތުގައި ކުރިއަށް ނުދެވޭނީ، އަދި އެއް ފަހަރު، ހެލްތާއި އެމްޕީއެލްއާ ކުޅޭ މެޗުތަކުން ތަފާތު ބޮޑުކޮށް ބަލިވެއްޖެނަމަ އެވެ.

ސްޓެލްކޯ ޓީމުގެ ފިރުޝާނާ (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ މެޗުގައި ވެމްކޯގެ ލަނޑުތައް ޖެހީ، ފާތިމަތު އިނާޝާ އާދަމް، ފާތިމަތު ސާލިޔާ އަދި މަރިޔަމް ނޫރާ އެވެ. މީގެ ތެރެއިން ސާލިޔާ އަކީ، މީގެ ކުރިން، އެމްޕީއެލް އަށް މި މުބާރާތުގެ ތަށި ގިނަ ފަހަރުތަކެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ. އެމްޕީއެލްގެ ހަމައެކަނި ގޯލު މި މެޗުގައި ޖެހީ، އައިމިނަތު ޝާމިލާ އެވެ.

ގްރޫޕް އޭގެ ދެ ވަނަ މެޗުގައި، ސްޓެލްކޯ އިން ރޭ ދަރުމަވަންތަ ބަލިކުރިއިރު، ލަނޑުތައް ޖެހީ، ފިރުޝާނާ ނަސީރު ދެ ގޯލާއި ވިޝާޔާ ވިލްދާން އަދި ފާތިމަތު ތުހުފާ އެވެ.

ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި މި ފަހަރު ވާދަކުރަނީ ހަތް ޓީމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox