ނޭޝަންސް ލީގު: ރޮނާލްޑޯ 900 ވަނަ ގޯލު ޖެހި މެޗުން ޕޯޗުގަލް އަށް މޮޅެއް

Sep 6, 2024, 3:15 AM
ނޭޝަންސް ލީގު: ރޮނާލްޑޯ 900 ވަނަ ގޯލު ޖެހި މެޗުން ޕޯޗުގަލް އަށް މޮޅެއް

ލިޒްބަން (ސެޕްޓެމްބަރު 6) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި 900 ވަނަ ގޯލު ޖެހިއިރު، 2-1 ގެ ނަތީޖާ އަކުން ކްރޮއޭޝިއާގެ މައްޗަށް ޕޯޗުގަލް އިން ކުރިހޯދައިފި އެވެ.

މި މެޗުގެ ކުރިން ޕޯޗުގަލް އިން ވަނީ އެ ޓީމުގެ ލެޖެންޑަރީ ޑިފެންޑަރު ޕެޕޭ ކުޅުން ހުއްޓާލުމާ ގުޅިގެން ޕެޕޭގެ އަގުވަޒަންކޮށްފަ އެވެ.

މި މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާ އެކު، މި ގޯލު ޕޯޗުގަލް އަށް ޖަހާދިނީ ޑިއޯގޯ ޑަލޮޓް އެވެ. މި ލަނޑަށް ފަހު ވެސް ޕޯޗުގަލް އިން ވަނީ މެޗުގެ ކޮންޓްރޯލް އެ ޓީމުގެ އަތުގައި ބާއްވައި ކްރޮއޭޝިއާގެ އަށް ނުރައްކާކޮށްފަ އެވެ.

ޕޯޗުގަލް އިން ޖެހި ދެ ވަނަ ގޯލު މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ އޭނާގެ ކެރިޔަރުގައި ޖެހި 900 ވަނަ ގޯލެވެ. އަދި މި ގޯލާ އެކު، ރޮނާލްޑޯ ވެގެންދިޔައީ އޮފިޝަލް މެޗުތަކުގައި 900 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާ އިން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. މިއީ ޑަލޮޓް އަތުން ބައިކޮޅުން ވަން ގޯލެކެވެ.

ރޮނާލްޑޯގެ 900 ވަނަ ލަނޑާ އެކު، ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން, އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑުން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

"900 ގޯލު ޖެހުން އެއީ ފަސޭހަކަމެއް ނޫން. އެކަމަކު ރޮނާލްޑޯ ފަދަ ކުޅުންތެރިޔަކަށް އެއީ ނުވާނެ ކަމެއް ވެސް ނޫން. ރެއާލް މެޑްރިޑް އަދި މި ކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ރޮނާލްޑޯ އަށް މަރުހަބާ" ރެއާލްގެ ބަޔާނުގައި ބުންޏެވެ.

ރޮނާލްޑޯގެ 900 ގޯލަކީ، ސްޕޯޓިން ލިޒްބަން އަށް ޖެހި ފަސް ގޯލާއި، މެންޗެސްޓާ ޔުނައިޓެޑަށް 145 ގޯލާއި ރެއާލް މެޑްރިޑަށް 450 ގޯލާއި ޔުވެންޓަސް އަށް 101 ގޯލާއި އަލް ނަސްރަށް 67 ގޯލުގެ އިތުރުން ޕޯޗުގަލް އަށް 131 ގޯލެވެ.

ނޭޝަންސް ލީގުގައި ރޭ ސްޕެއިނާއި ސާބިއާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި ސެން މެރީނޯ އިން ވަނީ ލިޗެސްޓައިން އަތުން 1-0 އިން މޮޅުވެ، 20 އަހަރު ފަހުން މެޗަކުން މޮޅުވެފަ އެވެ. ސެން މެރީނޯ އެންމެ ފަހުން މެޗަކުން މޮޅުވީ ވެސް ލިޗެސްޓައިން އަތުންނެވެ. އެއީ، 2004 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox