ބޭރުގެ ބާރުތަކުން ވެރިންގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޭރުގެ ބާރުތަކުން ވެރިންގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޭރުގެ ބާރުތަކުން ވެރިންގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ބާރުވެރި ގައުމުތަކުން ކުދި ގައުމުތަކުގެ މައްޗަށް ބާރުފޯރުވުމަށް ބޭނުންކުރާ އުކުޅުތަކުގެ ތެރެއިން ގައުމުތަކުގެ ވެރިންގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމެއްގެ މީހުންނާއި ދީނާއި މިނިވަންކަމާ ދެކޮޅަށް ކުރެވޭ އެތައް ކަމެއް ހުންނަ ކަމަށެވެ. އެގޮތުން މި ފަހުން އެންމެ ފާހަގަކޮށްލެވެނީ ގްލޯބަލައިޒޭޝަންގެ "ތޫފާނުގެ" ތެރެއިން ގައުމުތައް "އެފުށް މިފުށަށް" ޖެހެމުންދާ ދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިކަންކަމުގެ އެންމެ ފުނުގައި ހުންނަނީ ބާރުގަދަ ގައުމުތަކުން އިތުރަށް ބާރުވެރިވުމަށް އެކަށައަޅާފަ ހުންނަ އެޖެންޑާތައް ކަމަށާއި އެފަދަ އެޖެންޑާތައް ދަށުން އުފެދޭ ފިކުރީ އޮއެވަރުތަކުގައި ޒުވާން ޖީލުތައް ޖެހެމުންދާކަން އެނގެނީ ވަރަށް މަދު ބަޔަކަށް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

"މިފަދަ އޮއެވަރުތަކުގައި ގައުމުގެ ދީނަށް ހަމަލާދޭވޭ. ގައުމުގެ އެއްބައިވަންތަކަށް ފުނޑުފުނޑުކޮށްލެވޭ. އެކަމަށްޓަކައި އެތަނެއްގެ ގަދަރުވެރިންނާއި ދީނުގެ އިލްމުވެރިންގެ އަގުވައްޓާލެވޭ. ދީން ދިފާއުކުރުމުގެ އެންމެ ބޮޑު ގާނޫނީ ބާރެއް އޮންނަނީ ގައުމުގެ ވެރިންގެ ކިބައިގައި ކަމަށްވާތީ ވެރީންގެ އަގު ވައްޓާލެވޭ. މުއައްސަސާތަކަށް ގުރުބާން ކޮށްލެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާތައް ކަމަށްވާ ރަށްގިރުމާއި އުދައެރުމުން ގައުމު ސަލާމަތްކުރަން މަސައްކަތް ކުރާ ގޮތަށް "ކަސިޔާރު ފިކުރީ ރާޅުތަކުން" ދިވެހި ޖީލުތަކުގެ ހިތްތަކާއި ވިސްނުން ސަލާމަތް ކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. މިކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ގައުމީ ޖަލްސާގައި ހަތް ބޭފުޅުންނަށް ގައުމީ ޝަރަފުގެ އިނާމު ވަނީ ދީފަ އެވެ. ހިތްވަރު ދިނުމުގެ އިނާމު ނުވަ ބޭފުޅަކަށް އަދި އެ ކުންފުންޏަށް ލިބުނެވެ. އަދި ދިވެހި ގައުމަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ވެސް މިއަދު އެރުވި އެވެ. އެ ޝަރަފު ދެއްވީ ހުސެއިން ސަލާހުއްދީނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox