ތަނެއްގެ ބާރާއި ނުފޫޒު އޮންނާނީ އެ ތަނެއްގެ ރިސޯސްތައް ކޮންޓްރޯލް ކުރާ ބަޔަކު: ރައީސް މުއިއްޒު

Sep 4, 2024, 5:42 AM
މިއަދުގެ ޖަލްސާގައި ރައީސް: ވިދާޅުވީ އަމިއްލަވަންތަކަށް ލޯބި ނުކުރެވޭ ނަމަ މިނިވަންކަމަށް ލޯބި ނުކުރެވޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޖަލްސާގައި ރައީސް: ވިދާޅުވީ އަމިއްލަވަންތަކަށް ލޯބި ނުކުރެވޭ ނަމަ މިނިވަންކަމަށް ލޯބި ނުކުރެވޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެތަނެއްގެ ބަރާއި ނުފޫޒު އޮންނާނީ އެތަނެއްގެ ރިސޯސްތައް ކޮންޓްރޯލް ކުރާ ބައެއްގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތަނެއްގައި ދިރިއުޅުނު ނަމަވެސް އެތަނެއްގެ ރިސޯސްތައް މަސައްކަތާއި ހުނަރުވެރިކަމުން މެނުވީ އެތަނެއްގެ ރިސޯސްތައް އެ ބައެއްގެ އަތްމައްޗަށް ނާރާނެ ކަމަށެވެ.

"ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށް. ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރޭން،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އަމިއްލަވަންތަކަމަށް ލޯބި ނުކުރެވޭ ނަމަ މިނިވަންކަމަށް ލޯބިނުކުރެވޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ އަމިއްލަވަންތަކަން ދިފާއުނުކުރެވޭ ނަމަ، މިނިވަންކަން ދިފާއެއް ވެސް ނުކުރެވޭނެ. އެހެން ކަމުން ގައުމެއް ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމެއް ދެމިތިބުމަށްޓަކައި އެންމެ އިސްކަން ދޭންޖެހޭނީ ގައުމު އަމިއްލަ މިލްކުގައި ބާއްވަން ކަމަށެވެ.

"ގައުމެއް ދެމި ތިބުމަށް ޓަކާ، ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކާ، އެންމެ އިސްކަމެއް ދެނީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވާން. މިއީ ވެސް ތަބީއީ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ގައުމީ ޖަލްސާގައި ހަތް ބޭފުޅުންނަށް ގައުމީ ޝަރަފުގެ އިނާމު ވަނީ ދީފަ އެވެ. ހިތްވަރު ދިނުމުގެ އިނާމު ނުވަ ބޭފުޅަކަށް އަދި އެ ކުންފުންޏަށް ލިބުނެވެ. އަދި ދިވެހި ގައުމަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ވެސް މިއަދު އެރުވި އެވެ. އެ ޝަރަފު ދެއްވީ ހުސެއިން ސަލާހުއްދީނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox