އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ: ވެމްކޯ އާއި ޕޮލިހުން ފެށީ ތަފާތު ބޮޑު މޮޅަކުން

Sep 4, 2024, 5:13 AM
ޕޮލިސް ޓީމުގެ ރިފާ (ވ) ޔޫތު ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޕޮލިސް ޓީމުގެ ރިފާ (ވ) ޔޫތު ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުތަކުން، ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ އިން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުން، ޕޮލިސް ކްލަބުން ވަނީ 17-0 އިން ޔޫތު ރިކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އަދި ގްރޫޕް ބީގެ މެޗުން، ހެލްތު ރެކްރިއޭޝަން ކްލަބް އަތުން ކްލަބް ވެމްކޯ މޮޅުވީ، 13-0 އިންނެވެ.

ޕޮލިސް ޓީމުގައި މި ފަހަރު ކުރިން ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ކުޅުންތެރިން ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގައި ސިފައިންގެ ކްލަބުން ބައިވެރިނުވެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި މަރިޔަމް ރިފާ ވަނީ ޔޫތު ކޮޅަށް ނުވަ ގޯލު ޖަހައި ތިން ހެޓްރިކް ހަދައިފަ އެވެ. އެ ޓީމުގެ ފާތިމަތު ސައިނާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ދެން އެ ޓީމުގެ ލަނޑުތައް ޖެހީ، ފާތިމަތު ޒައިނާ، އާމިނަތު ޒާހިޔާ، އައިޝަތު ރަވީނާ ދެ ގޯލެވެ.

ހެލްތާ ދެކޮޅަށް ކުޅުނު މެޗުގައި ވެމްކޯ ޓީމުގެ ސާލިޔާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި ގްރޫޕްގައި ދެން ހިމެނެނީ، ސްޓެލްކޯ ކްލަބާއި ދަރުމަވަންތަ ހޮސްޕިޓަލް އެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި، ވެމްކޯގެ ފާތިމަތު އިނާޝާ އާދަމް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަދި މަރިޔަމް ނޫރާ ވެސް ހަތަރު ގޯލު ޖެހިއިރު، ސަފިއްޔާ ރަފާ، ފާތިމަތު ސާލިޔާ، އައިމިނަތު ފަޒްލާ، ހައްވާ ހަނީފާ އަދި މަރިޔަމް މަލްސާ ޝަމީމް ވެސް ލަނޑު ޖެހި އެވެ.

ވެމްކޯ ޓީމުގައި އެންމެ ފަހުން އެއިޓީން ތާޓީ މުބާރާތް ކާމިޔާބުކުރި ޓީމު ފެނަކައިގެ ކުޅުންތެރިން ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގައި ފެނަކަ ވާދަނުކުރެ އެެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އެމްޕީއެލް އެވެ. އެމްޕީއެލަށް މި މުބާރާތް ގިނަ ފަހަރު ހޯދައިދިން ސާލިޔާ މި ފަހަރު ހުރީ ވެމްކޯގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox