ކްލަބް މޯލްޑިވްސް ކްލަސިކް: އެސްޑީއެފްސީ އާއި ތައުލީމީ ގުޅުން އަދި ބަދަހި އަށް ރަނގަޅު ފެށުމެއް

Sep 4, 2024, 5:12 AM
ޓީމު ބަދަހި އާއި ހާރިޖީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޓީމު ބަދަހި އާއި ހާރިޖީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭ ފެށުނު ކްލަބް މޯލްޑިވްސް ކްލަސިކް 2024 ގައި ފުރަތަމަ ކުޅުނު މެޗުތަކުން، ކްލަބް އެސްޑީއެފްސީ އާއި ތައުލީމީ ގުޅުން އަދި ޓީމު ބަދަހި އިން މޮޅުވެއްޖެ އެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ޓީމު ވާދަކުރާ މުބާރާތަކީ ކްލަސިކް އެވެ. އެ މުބާރާތުގައި 32 ޓީމު ވަނީ ބައިވެރިވެފަ އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ މުބާރާތް ފެށިގެންދިޔައިރު، ގްރޫޕް އޭގައި ތައުލީމީ ގުޅުމުން 5-2 އިން ފެހިފަހި ކްލަބް ބަލިކުރިއިރު، މި ގްރޫޕްގެ އަނެއް މެޗުން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި ޓީމު ޕެމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ގްރޫޕް ބީގައި، އެގްރި އާރްސީ އަތުން 2-0 އިން ކްލަބް އެސްޑީއެފްސީ މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުގައި، ޓީމު ބަދަހި އިން ވަނީ 7-2 އިން ހާރިޖީ ބަލިކޮށްފަ އެވެ.

ފެހިފަހި ކްލަބާއި ތައުލީމީ ގުޅުން ބައްދަލުކުރި މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ

ޕެމާ އިން ރޭގެ މެޗުގައި، މުހައްމަދު ނިއުޝާދު ޖެހި ގޯލުން ލީޑުނަގައިފައިވަނިކޮށް، މެޗުގެ ފަހު ވަގުތުގައި، ޓްރާންސްޕޯޓަށް އެއްވަރުކޮށްދިނީ، ނަސާތު ނަސީމް އެެވެ.

ތައުލީމީ ގުޅުމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އުމަރު ފާރޫގު ދެ ގޯލުގެ އިތުރުން، އިބްރާހިމް ހަސަން، މުހައްމަދު އަޒުމޫން އަދި އަލީ އަފުރާދު ގޯލެކެވެ. ފެހިފަހި ކްލަބްގެ ލަނޑުތައް ޖެހީ، އީމާން އިސްމާއިލް އަދި އަހުމަދު މުއާދު އެވެ.

މުޅިން އަލަށް ކްލަސިކް މުބާރާތުގައި ކުޅުނު އެސްޑީއެފްސީ މޮޅުކޮށްދިން ލަނޑުތައް ޖެހީ، ހުސެއިން ފައުޒާން ދެ ގޯލެވެ. އަދި މި ގްރޫޕްގެ އަނެއް މެޗުގައި، ބަދަހިން ހާރިޖީ ކޮޅަށް ލަނޑުތައް ޖެހީ، އާސިފް ހަނީފް ފަސް ގޯލާއި އަލީ ރިޒްވީން އަދި މުހައްމަދު ޝުހާން އެވެ. އަދި ހާރިޖީގެ ލަނޑުތައް ޖެހީ، މުހައްމަދު ދާނިޝް ނިމާލް އެވެ.

ކްލަބް މޯލްޑިވްސް ކްލަސިކްގެ ހަ މެޗެއް މިރޭ ވެސް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox