އެޗްޑީސީގެ މުވައްޒަފުން ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރަނީ

ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު (ކ) އެޗްޑީސީގެ އެމްޑީ ފަޒުލް އާއެކު: އެ ކުންފުނީގެ މުވައްޒަފުންނަށް ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ ކަމަށް މުވައްޒަފުން ބުނެފި --- ފޮޓޯ: ރައީސް އޮފީސް

ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު (ކ) އެޗްޑީސީގެ އެމްޑީ ފަޒުލް އާއެކު: އެ ކުންފުނީގެ މުވައްޒަފުންނަށް ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ ކަމަށް މުވައްޒަފުން ބުނެފި --- ފޮޓޯ: ރައީސް އޮފީސް

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުގެ މުވައްޒަފުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ސޮއިކުރަން މަޖުބޫރު ކުރަމުން ގެންދާކަން އެނގިއްޖެ އެވެ.

"އަދަދު" އަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފުން ބުނީ އެ ކުންފުނީގެ މުވައްޒަފުން ލައްވައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރަމުން ދަނީ މިހާރު އެ ޕާޓީން ކުރިއަށް ގެންދާ މެމްބަޝިޕް ޑްރައިވްގެ ތެރެއިން ކަމަށެވެ.

އެއީ އެ ކުންފުނީގެ ވެރިއަކު އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އޭނާ ބޭނުންވަނީ މި މަހުގެ ނުވައެއްގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގިނަ އަދަދެއްގެ މެމްބަޝިޕް ފޯމު ހުށަހެޅުމަށް ކަމަށް ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައިވެ އެވެ.

ޕީއެންސީން މިހާރު ހިންގާ މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގައި އެ ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ބޭފުޅުންގެ މެދުގައި ރައީސްގެ ތާއީދު ހޯދުމަށް ވާދަވެރިކަމެއް އޮތް ކަމަށް ވެސް އެ ޕާޓީގެ އެކި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

މީގެ އަހަރެއް ކުރިން ޕީއެންސީގައި ތިބީ އެންމެ 3،000 އެއްހާ މެންބަރުންނެވެ. އެއިރު އެ ޕާޓީ އޮތީ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ކުޑަ ޕާޓީގެ ގޮތުގަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި މިވަގުތު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި 28،704 މީހުން އެބަތިއްބެވެ. ޕާޓީއަށް ސޮއިކުރި މީހުންގެ އަދަދު އެއަށްވުރެ ގިނަވާނެ ކަމަށް އެ ޕާޓީގެ އިސްވެރިން މީގެކުރިން ބުނެފައިވެ އެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ފެށީ، ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބިފައިވަނިކޮށެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންވެގެން ކަމަށް، އެކަމާ ގުޅޭ ގޮތުން "އަދަދު" ނޫހާ ވާހަކަ ދެއްކި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox