ޕްރިމިއާ ލީގު ކާމިޔާބުކުރަން ޔުނައިޓެޑް ތައްޔާރެއް ނޫން: ފެނާންޑޭސް

Sep 4, 2024, 4:15 AM
ޕްރިމިއާ ލީގު ކާމިޔާބުކުރަން ޔުނައިޓެޑް ތައްޔާރެއް ނޫން: ފެނާންޑޭސް

މެންޗެސްޓާ (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން މެންޗެސްޓާ ޔުނައިޓެޑް ތައްޔާރެއް ނޫން ކަމަށް އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން، ޗެރިޓީ ޝީލްޑް މެޗުން ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުން ބަލިވީ އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި، ފަހު ވަގުތު ލަނޑުޖަހައި، ޔުނައިޓެޑުން ފުލަމް އަތުން 1-0 އިން މޮޅުވި އެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުގައި ރަށުންބޭރުގައި ބްރައިޓަން އަތުން 2-1 އިން އަދި އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ.

ލިވަޕޫލް މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ފެނާންޑޭސް ބުނީ، ހަގީގަތަކީ ލީގު ހޯދަން ޔުނައިޓެޑުން އަދި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ފެންނަން އޮތް ހަގީގަތަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން އަހަރެމެން ތައްޔާރެއް ނޫން. އަހަންނަށް އެކަން އެނގޭ. އެކަމަކު، އަހަރެމެން ތަށި ހޯދަން ފައިޓްކުރާނީ ޔަގީންކަމާ އެކު ހާސިލްކުރެވިދާނެ ކަންކަމަށް ވިސްނައިގެން. އެއީ، ގަދަ ހަތަރެއްގައި ނިންމައި، ޗެމްޕިއަންސް ލީގަށް އަލުން ކޮލިފައިވެގެން،" ޑެޒްން ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ފެނާންޑޭސް ބުންޏެވެ.

"އެންމެ ބޮޑު ލަނޑުދަނޑިއަށް ވާސިލްވާން މި މަސައްކަތް ކުރަނީ، އެއީ ޗެމްޕިއަންޝިޕް (ލީގު) ކާމިޔާބުކުރަން"

މި މަހު 14 ވަނަ ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން ޔުނައިޓެޑް ބަލިވެއްޖެނަމަ، އެ ވެގެންދާނީ، 1986-1987 ވަނަ ސީޒަނަށް ފަހު ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށްކޮށް ފަށާ ފަހަރަށެވެ. ވިހި ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ޔުނައިޓެޑުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox