ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ހުސައިން ސަލާހުއްދީންގެ ހަނދާނަށް އަރުވަނީ

1948 ވަނަ އަހަރު އަވަހާރަވި ހުސައިން ސަލާހުއްދީނަކީ ދިވެހި ތާރީހު ދުށް އެންމެ ހިދުމަތްތެރި އެއް އަދީބު -- ފޮޓޯ: ވިކިޕީޑިއާ

1948 ވަނަ އަހަރު އަވަހާރަވި ހުސައިން ސަލާހުއްދީނަކީ ދިވެހި ތާރީހު ދުށް އެންމެ ހިދުމަތްތެރި އެއް އަދީބު -- ފޮޓޯ: ވިކިޕީޑިއާ

އަލް މަރްހޫމް ހުސައިން ސަލާހުއްދީންގެ ހަނދާނަށް ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ޝަރަފު ސަލާހުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ނިންމެވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމުގައިވާ ދިވެހީންގެ ދީނާއި ދިވެހީންގެ ދިވެހި ބަހާއި ތަރިކަ އާއި ސަގާފަތް ފަދަ ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހި ކޮށްދެއްވައި އިލްމުގެ ނޫރު ފެތުރުއްވުމަށް ހުސައިން ސަލާހުއްދީން ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކައި ކަމަށެވެ.

1948 ގައި އަވަހާރަވި ހުސައިން ސަލާހުއްދީނަކީ ދިވެހި ތާރީހު ދުށް އެންމެ ހިދުމަތްތެރި އެއް އަދީބެވެ. އެގޮތުން އެތައް ރޮނގަކުން ސަލާހުއްދީން ވަނީ ޅެމާއި ރައިވަރާއި މަޒުމޫނުތަކުގެ އިތުރުން ވާހަކަތަކާއި ދީނީ ފޮތްތައް ލިޔުއްވައިފަ އެވެ.

ސަލާހުއްދީން ލިޔުއްވި މަޝްހޫރު ފޮތްތަކުގެ ތެރޭގައި، އައްސީރަތުއް ނަބަވިއްޔާ އަލްމުތަރުޖަމަތި ބިއްލުގަތިލް މަހަލްދީބިއްޔާ (ރަސޫލާގެ ސީރަތު) އާއި ތަސްޖީދުލް އުޒުހާނި ފީ ތަޖްވީދުލް ގުރުއާނި އާއި އައްތުހްފަތުލް އަދަބިއްޔާ ލިއްތުއްލާބިއް ލުގަތިލް މަހަލްދީބިއްޔާ ފަދަ ފޮތްތައް ހިމެނެ އެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ހުސައިން ސަލާހުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9:00 ގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނަ އެކެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ ދިވެހި ގައުމިއްޔަތަށް ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ހާއްސަ ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހި ރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

މާދަމާ އޮންނަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނެ އެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން އެ ބޭފުޅެއްގެ އަޑުން ސިޔަރަތު ވިދާޅުވެފައިވާ ހ. ހާޖަރާގޭ، އަލް މަރުހޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް ވެސް ޝަރަފުގެ އިނާމު އެރުވުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.

މި އަަހަރުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވަނީ 10 ބޭފުޅަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖުގެ އިތުރުން ހަނދާނީ ލިޔުމެކެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox