ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެލްތް ސްކްރީނިން ޕެކޭޖުތަކުން 20 ޕަސަންޓް ޑިސްކައުންޓް ލިބޭ "ވެލްނަސް ޕްރޮމޯޝަން" ފަށައިފި އެވެ.
އެ ޕެކޭޖްތަކުގެ ބޭނުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދީ އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް އެހީތެރިވެދިނުމެވެ. މި ޕެކޭޖުތަކުން މި މަހުގެ ނިޔަލަށް ޑިސްކައުންޓު ލިބޭނެ އެވެ.
"ތިޔަބޭފުޅުންގެ ސިއްހަތަށް އިސްކަންދިނުމަކީ ތިޔަބޭފުޅުންގެ މުސްތަގްބަލަށް ކުރެވޭ އިންވެސްޓްމަންޓެއް އަދި މި ޕްރޮމޯޝަނަކީ ތިޔަބޭފުޅުންގެ ސިއްހީ ހާލަތު ޗެކް ކުރުމަށާއި ބެލެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރިވަތްސަން ސްރިދާ ޖީ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެލްނަސް ޕްކޭޖުތަކުގެ ތެރޭގައި ހިމެނެނީ:
- ވެލް ފީމެއިލް ޕެކޭޖްް: އަންހެނުންގެ ހާއްސަ ސިއްހީ ބޭނުންތަކަށް ފަރުމާކުރެވިފައިވާ ޕެކޭޖް.
- ވެލް މެލް ޕެކޭޖްް: ފިރިހެނުންގެ އާންމުކޮށް ހުންނަ ސިއްހީ މައްސަލަތަކަށް އަމާޒުކުރެވިފައިވާ ޕެކޭޖް
- ވެލް ޗައިލްޑް ޕެކޭޖް: ކުޑަކުދިންނަށް ހާއްސަ މެޑިކަލް ޗެކްއަޕް.
- ހެލްތް ލިވިންގް ޕެކޭޖްް: ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަލިތަކުން ރައްކާތެރިވުމަށް އަމާޒުކުރެވިފައިވާ ޕެކޭޖް.
- ހެލްތީ ހާޓް އެންޑް ސްރޯންގް ހާޓް ޕެކޭޖް: ހިތުގެބަލިތަށް ދެނެގަތުމާއި މޮނިޓާކުރުމަށް ހާއްސަ ޕެކޭޖްތައް.
- ހެދޭ ޕެކޭޖްތައް ހެލްތީ ލަންގް ޕެކޭޖް: ފުއްޕާމޭގެ ސިއްހަތު ކުރިއެރުވުމާއި މައްސަލަތައް އަވަހަށް ދެނެގަތުމަށް.
- ސާވިކަލް ކެންސޭ ސްކްރީނިންގް ޕެކޭޖް: ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީންކުރާ ޕެކޭޖް
- ހެދޭ ޓެސްޓްތައް ޑައެބެޓިކްސް ސްކްރީނިންގް ޕެކޭޖް: ހަކުރުބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް
- ތެލެސީމިޔާ ޗެކަޕްސް އެންޑް ސްކްރީނިންގް ޕެކޭޖް: ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކުން ހަދާ ޗެކަޕް.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ޓްރީޓޮޕުން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 3351630 ނަންބަރަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.










