ޝިއާއުގެ މަރު: ޝާހިލް ބޭނުންވަނީ ދިފާއީ ވަކީލަކާ ނުލައި މައްސަލައިގެ ޝަރީއަތް ހިންގަން

ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލް ބޭނުންވަނީ އަމިއްލައަށް ދައުވާ އާއިގެން ކުރިއަށް ދާން

ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލް ބޭނުންވަނީ އަމިއްލައަށް ދައުވާ އާއިގެން ކުރިއަށް ދާން

ހ. ޝީރީންވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ބޭނުންވަނީ ދިފާއީ ވަކީލަކާ ނުލައި ޝަރީއަތް ހިންގަން ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިފާއީ ވަކީލަކާ ނުލައި ޝަރީއަތް ހިންގަން ޝާހިލް ބޭނުންވާތީ އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ޝާހިލް ވަނީ ތިން ދިފާއީ ވަކީލުން އައްޔަންކޮށްފަ އެވެ. ނަމަވެސް ޝާހިލް ވަކީލުން އެއްބާރުލުން ނުދޭތީ މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

ޝާހިލް ކުރިން އައްޔަން ކުރި ދިފާއީ ވަކީލުންނަށް ހަވާލުކުރި ލިޔުންތައް ހޯދުމަށްފަހު ޝާހިލަށް ހަވާލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

"އަލީ ޝާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާތީ އެޓާނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) އިން ހަމަޖައްސާ ދިން ވަކީލުންނަށް ދޫކޮށްފައި ހުރި ލިޔުންތައް ހޯދުމަށްފަހު އަލީ ޝާހިލް އާ ހަވާލުކުރުމަށް،" ކޯޓުން ފޮނުވި މެސެޖުގައި ބުނެފައި އޮތެވެ.

މީގެ އިތުރުން އެ މެސެޖުގައި ބުނެފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރިފައިވާ ލިޔުންތައް ބެލުމަށް ޝާހިލް ބޭނުންވާތީ އެ ލިޔުންތައް ބެލުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ބެލޭނެ ގޮތެއް އޭނާއަށް ހަމަޖައްސައިދޭނެ ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ދައުވާ ހުށައަޅައި، ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމެވެ.

ހ. ޝީރީންވިލާގައި، މަރާލާފައި އޮއްވާ ފެނުނު ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާ އުފުލީ ޑިސެމްބަރު 28، 2022، ގަ އެވެ. ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ އޯގަސްޓު 6، 2022 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox