ގައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމްގައި އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ ސެޕްޓެމްބަރު، 5 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 ޕަސަންޓުގެ ހާއްސަ ޑިސްކައުންޓެއް ދޭނެ އެވެ.
އޭގެއިތުރުން ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރު އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15 ޕަސަންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.
އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގަ އެވެ. އެ ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ލިބެން ހުރެ އެވެ.










