ވެމްކޯ ޓީމުން މި ފަހަރު ވެސް އަލީ ރެޒާ ފެންނާނެ

Sep 1, 2024, 6:56 AM
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތުގެ ފައިނަލުގައި ވެމްކޯ އިން ލަނޑު ޖެހުމުން އަލީ ރެޒާ އުފާފާޅުކުރަނީ،--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތުގެ ފައިނަލުގައި ވެމްކޯ އިން ލަނޑު ޖެހުމުން އަލީ ރެޒާ އުފާފާޅުކުރަނީ،--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން މި ފަހަރުގެ މުބާރާތުގައި ވެސް ނުކުންނާނީ ޓީމުގައި އީރާނުގެ އަލީ ރެޒާ ޝެއިކްލާރު ހިމަނައިގެން ކަމަށް އެ ޓީމުން ބުނެފި އެެވެ.

ރޯޑް ރެކްރިއޭޝަން ކްލަބް އަތުން 5-3 އިން މޮޅުވެ، ވެމްކޯ އިން މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި އެ ޓީމުގެ އިރާނުގެ ތަރި، އަލީ ރެޒާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގައި ތިން ގޯލު ޖަހައި، އެއް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ރެޒާގެ ކުޅުން މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން ދިއުމަކީ، ވެމްކޯ އަށް މުބާރާތުގައި ކާމިޔާބު ހޯދުމަށް ކުރިމަތިވި އެއް ފަސޭހަ އެވެ.

ކްލަބް މޯލްޑިވްސް މުބާރާތްތައް ފެށުމުގެ ގޮތުން، މިރޭ، ކިންގްސް ކަޕްގެ ނަމުގައި ވަރުގަދަ މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަނުން ކަމަށްވާ ވެމްކޯ ބައްދަލުކުރާނީ ރިސޯޓް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ޖޯލި މޯލްޑިވްސްއާ އެވެ.

ވެމްކޯ ޓީމުގައި އަލީ ރެޒާގެ އިތުރުން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހިމެނެ އެވެ. ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު، ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ދަގަނޑޭ، ވެމްކޯ ޓީމަށް ކުޅޭނީ ކިންގްސް ކަޕްގައި އެކަންޏެވެ.

ވެމްކޯ އިން ދެކެނީ، އެ ކްލަބްގެ ޖޯޒީގައި ދަގަނޑޭ މި ހާއްސަ މެޗު ކުޅުމަކީ ޝަރަފެއްގެ ގޮތުގަ އެވެ.

ކްލަބް މޯލްޑިވްސް މި އަހަރު ބާއްވާ ތިން މުބާރާތަކީ ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެވެ. ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށާނީ އާދިއްތަ ދުވަހުގެރޭ ރިސޯޓް ލީގު ޗެމްޕިއަނުން، ޖޯލި ބީން އާއި މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަން، ވެމްކޯ އިން ކުޅޭ ކިންގްސް ކަޕް މެޗުންނެވެ.

ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ފަށާނީ އަންގާރަ ދުވަހު އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕް ފަށަން ތާވަލުކޮށްފައިވަނީ، ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.

ކިންގްސް ކަޕް މެޗު މިރޭ ފަށާނީ 21:45 ގަ އެވެ. އޭގެ ކުރިން، އޮންނާނީ ކްލަބް މޯލްޑިވްސްގެ އޯޕަނިން ސެރެމަނީ އެވެ. ޓީމުތަކުގެ ޖޯޒީތައް ތައާރަފްކުރުމާއި އެހެނިހެން ހަރަކާތްތައް ފަށާނީ މިރޭ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox