ފެކްޓް ޗެކް: ސައިކަލު ދުއްވަން ހާއްސަ ލޭނެއް ބްރިޖުގައި އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި

ރައީސް މުއިއްޒު 2017 ވަނަ އަހަރު ސިނަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލަނީ: ބްރިޖުގައި ސައިކަލަށް ހާއްސަ ލޭނެއް އޮންނާނެ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވި އެއް ބޭފުޅަކީ ރައީސް މުއިއްޒު -- ފޮޓޯ: މޯލްޑިވްސް/ޗައިނާ ފޭސްބުކް ޕޭކް

ރައީސް މުއިއްޒު 2017 ވަނަ އަހަރު ސިނަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލަނީ: ބްރިޖުގައި ސައިކަލަށް ހާއްސަ ލޭނެއް އޮންނާނެ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވި އެއް ބޭފުޅަކީ ރައީސް މުއިއްޒު -- ފޮޓޯ: މޯލްޑިވްސް/ޗައިނާ ފޭސްބުކް ޕޭކް

ވެރި ރަށް މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅައިލަން ހެދި ސިނަމާލެ ބްރިޖުގެ ލޭނެއް މަދުވެގެން އެއިރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްޗެހިގޮވި ކަމަށް ވިދާޅުވި ވާހަކަ މީޑިއާއަށް ތިލަކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިދިޔަ އަންގާރަ ދުވަހު ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ސިނަމާލެ ބްރިޖުގެ ލޭނެއް މަދުވެގެން ރައީސް މުއިއްޒަށް ކީރިތި ކުރެއްވެންދެން ޔާމީން "ބަވައިލި" ކަމަށެވެ.

ފަހުން އޭގެ ތަފުސީލެއް ދެއްވަމުން ޖެހިގެން އައި ދުވަހު އަބްދުއްރަހީމް ވިދާޅުވީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު ބްރިޖުގެ މަސައްކަތް ގެންދެވީ ޑިޒައިންއާ އެއްގޮތަށް ކަމަށެވެ. ބްރިޖުގެ ލޭނެއް ހަގީގަތުގައި މަދު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

އެއަށް ބާރު ދެއްވައި، ހުކުރު ދުވަހު ސަންގު ޓީވީން ބްރޯޑްކާސްޓު ކުރި ރައީސް މުއިއްޒުގެ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑިޒައިންއާ އެއްގޮތަށް ކަމަށާއި ބްރިޖު އިފުތިތާހު ކުރުމާ ހަމައަށް ދިޔަތަނާ ސައިކަލު ދުއްވަން ވަކިން ހާއްސަ ލޭނެއް އިތުރު ކުރަން ރައީސް ޔާމީން ބޭނުންވެވަޑައިގަތީ ކަމަށެވެ.

"އެއްވެސް އިރެއްގައި ލޭނުގެ އަދަދު މަދުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާއި ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލޭނު. ދެން ސައިޑުގައި ބައިސިކަލް ދުއްވާ ލޭނެއް ގޮތަށް ކަނޑައެޅި ބައި އޮތީ ހިމަނާފައި،" ހުކުރު ދުވަހުގެ އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖަށް ވަކި ލޭނެއް އިތުރު ނުކުރެވޭނެ ކަމަށް ޔާމީންއަށް އެއިރު ދަންނަވާފައިވާނެ ކަމަށް ވެސް އާރަށުގައި ހުންނަވައި ސންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މަޝްރޫއު ނިމެން ގާތްވެފައި ގާތްގަނޑަކަށް މަހަކަށް ކައިރިވެފައި އޮއްވާ ރައީސް ޔާމީން، އޭރު އޮންނާނެ ބްރިޖް ކޮމިޓީއެއް ހައްދަވާފައި އެމަނިކުފާނު. އަޅުގަނޑުމެން ކޮމީޓީއަށް ގެންދަވާފައި ވިދާޅުވީ ސައިކަލު ދުއްވަން ވަކި ލޭނެއް ފިޒިކަލީ ވަކިކޮށް، ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވި، ވަކި ލޭނެއް އެގޮތަށް ކަނޑައަޅަން، އަޅުގަނޑުމެން ކަނޑައަޅާފައި އެއޮތީ ސައިކަލު ލޭނަކާ ހެވީ ޓްރެފިކް، ހެވީ ވެހިކަލް ލޭނަކާ، ދެން މިހާރު ހަމަ އެއޮތީ އެގޮތަށް."

"ދެން އެ ވަކި ލޭނެއް އެހާ ހިސާބުން ކަނޑައަޅަން ވެއްޖެއްޔާ ކޮންމެހެން ވިޔަސް ކުރެވޭ ކަހަލަ ކަމަކަށް ނުވާނެ، ޕްރޮޖެކްޓް ނިމުމަކާ ހިސާބަށް ގޮސްފައި އޮތީ."

އެ ވާހަކަތައް އަޑު އެހި އާންމުންގެ ތެރޭގައި އެ ހިސާބުން އުފެދުނީ ކުޑަވަރެއްގެ ބަހުސެކެވެ. ބްރިޖު ނިންމާފައި އެ އޮތީ ކުރެހުމާ އެއްގޮތަށް ކަމަށް އެއް ބަޔަކު ބުނާއިރު ބައެއް މީހުން ބުނަނީ ބްރިޖުން ލޭނެއް މަދު ކަމަށެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ސޯޝަލް މީޑިއާގައި ވީޑިއޯއެއް ޝެއާ ކުރެއްވުމަށްފަހު ވިދާޅުވީ ބްރިޖުގެ ލޭނެއް މަދު ނޫން ކަމަށެވެ.

މުއްތަލިބު ޝެއާ ކުރެއްވި ވީޑިއޯއަކީ ބްރިޖުގެ ޑިޒައިން އިފުތިތާހު ކުރުމަށް ސެޕްޓެމްބަރު، 2015، ގައި ބޭއްވި ރަސްމިއްޔާތުގެ ވީޑިއޯ އެވެ. ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާނެ ދެ ލޭނުގެ އިތުރުން ސައިކަލު ދުއްވާނެ ލޭނެއް ވެސް ބްރިޖުގައި އޮންނާނެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެއިރުގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ދައްކައިލި ބްރިޖުގެ ޑިޒައިން ވީޑިއޯއިން ވެސް ސައިކަލު ދުއްވަން ވަކި ލޭނެއް އޮތްކަން އެނގެ އެވެ. އެއީ މިހާރު ހިނގަން ހާއްސަކޮށްފައިވާ ލޭނެވެ.

"ވެހިކަލް ދުއްވާނެ ދެ ލޭނު އެބައިން. ސައިކަލު ދުއްވާނެ ލޭނު އެބައިން. އަދި ހަމަ އެހެންމެ ބައިސްކަލާއި ޖޮގިން ވެސް ކުރެވޭނެ. އެހެންވެ މިއީކީ އާދައިގެ ބްރިޖެއް ނޫން،" އެ ރަސްމިއްޔާތުގައި އަދީބު ވިދާޅުވި އެވެ.

ބްރިޖުގެ ޑިޒައިން އިފުތިތާހު ކުރުމުގެ ދެ މަސް ކުރިން ބްރިޖާ ބެހޭ ގޮތުން ވަރަށް މުހިންމު ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް މުއިއްޒު އޮތީ ޖުލައި، 2015، ގައި ދެއްވައިފަ އެވެ. ބްރިޖުގައި ހިމެނޭނެ ލޭނުތަކުގެ މައުލޫމާތު އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ހިއްސާ ކުރެއްވި އެވެ.

"ދެކޮޅަށް ދުއްވާ ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭނާއި މޮޓޯބައިކް ސައިކަލް ދުއްވާ ދެ ލޭނު އަދި ބައިސިކަލް ދުއްވާނެ ލޭނަކާއި ހިނގާފައި ބްރިޖް ހުރަސް ކުރާން ބޭނުންވާ ފަރާތްތަކަށް ލޭނެއް ވެސް ހިމެނިފައިވާނެ،" ޖުލައި 9، 2015، ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން، ސައިކަލު ދުއްވާނެ ލޭނެއް އިތުރު ކުރަން ޔާމީން ވިދާޅުވީ ބްރިޖު އިފުތިތާހު ކުރަން ގާތްވެފައި އޮއްވައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަ މުޅިން ތެދު ނޫންކަން މާޒީއަށް ބަލައިލުމުން އެނގެ އެވެ. ސައިކަލަށް ހާއްސަ ލޭނެއް ސިނަމާލެ ބްރިޖުގައި ހިމެނޭނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވި އެއް ބޭފުޅަކީ ވެސް ރައީސް މުއިއްޒު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox