ކްލަބް މޯލްޑިވްސް ކަޕް: ޗެމްޕިއަން ވެމްކޯ އާއި އެމްޕީއެލް އެއް ގްރޫޕަކަށް

Aug 29, 2024, 7:47 AM
ކްލަބް ވެމްކޯގެ ވައްޖެ މިދިޔަ އަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކްލަބް ވެމްކޯގެ ވައްޖެ މިދިޔަ އަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި މުބާރާތުގެ ކާމިޔާބު އެއް ޓީމު ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މި ފަހަރުގެ މުބާރާތުގެ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ކްލަބް މޯލްޑިވްސް މި އަހަރު ބާއްވާ ތިން މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ރޭ ވަނީ ބާއްވައިފަ އެވެ. ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށާނީ އާދިއްތަ ދުވަހުގެރޭ ރިސޯޓް ލީގު ޗެމްޕިއަނުން، ޖޯލި ބީން އާއި މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަން، ވެމްކޯ އިން ކުޅޭ ކިންގްސް ކަޕް މެޗުންނެވެ.

އެ އަށް ފަހު، ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ފަށާނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕް ފަށަން ތާވަލުކޮށްފައިވަނީ، ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.

ގްރޫޕްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އާއި މުބާރާތުގެ ތަށި ތިން ފަހަރު ހޯދާފައިވާ އެމްޕީއެލްގެ އިތުރުން ގްރޫޕް ޖީގައި ހިމެނެނީ، ކްލަބް އާރްއޯއެލް އާއި އެމްއައިބީ އެސްއެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 28 ޓީމެއް ހަތް ގްރޫޕަކަށް ބަހާފައި އޮތްއިރު، ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު އަނެއް ބުރަށް ހޮވޭނެ އެވެ. ނޮކައުޓް ބުރުގެ ފަހު ދެ ޖާގަ ލިބޭނީ ހަތް ގްރޫޕްގެ ތިން ވަަނަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) މި ފަހަރު އޮތީ، ގްރޫޕް އެފްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، މޯލްޑިވިއަން، އުރީދޫ އަދި ފަހި ރެކްރިއޭޝަން ކްލަބް އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ، އޮތީ، ޕްރިސަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ ކްލަބް އަދި ޕޮލިސް ކްލަބާ އެކު ގްރޫޕް ސީގަ އެެވެ.

މި ފަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވާ ސްޓެލްކޯ ކްލަބް ހިމެނެނީ، ކަސްޓަމްސް އާއި ކްލަބް އިމިގްރޭޝަން އަދި ދިރާގުއާ އެކު ގްރޫޕް ޑީގަ އެވެ. ގްރޫޕް އޭގައި އޮތީ ކްލަބް އެޗްޑީސީ، ކްލަބް ފެން، ޓީމު އެލައިޑް އަދި ކްލަބް އާސަންދަ އެވެ.

ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ތެރެއިން މި ފަހަރު އެންމެ ގިނަ ޓީމު ވާދަކުރަނީ، ކްލަސިކްގަ އެވެ. އެ ގޮތުން މިދިޔަ އަހަރު ފެށި ކްލަސިކް މުބާރާތުގައި މި ފަހަރު 32 ޓީމެއް ވާދަކުރާނެ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން، ޓީމު ޑީޖީއޭ ހިމެނެނީ، ގްރޫޕް ޑީގަ އެވެ. އެ ގްރޫޕްގައި އޮތީ، ހެލްތު ރެކްރިއޭޝަން ކްލަބާއި މޯލްޑިވްސް ޓޫރިޒަމް ކްލަބް އަދި މާލެ ސިޓީ ކައުންސިލް އެވެ. މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް 220 ހިމެނެނީ، ޓްރޭޑް ކްލަބް، ކްލަބް އެންޑީއޭ އަދި އެޗްއީއެސް ކްލަބާ އެކު، ގްރޫޕް އެޗްގަ އެވެ.

ކްލަބް މޯލްޑިވްސް އިން މި އަހަރު އަންހެން ޑިވިޝަނަށް ކުރިއަށްގެންދަނީ އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެކަންޏެވެ. އެ މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާއިރު، އެ ހަތް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެ ގޮތުން، ތިން ޓީމު ހިމެނޭ ގްރޫޕްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭނެ އެވެ.

އެ ގޮތުން، ގްރޫޕް އޭގައި ހިމެނެނީ، އެންމެ ފަހުގެ ރަނަރަޕް، ޕޮލިސް ކްލަބްގެ އިތުރުން، ޔޫތު ރެކްރިއޭޝަން ކްލަބް، ސްޓެލްކޯ ކްލަބް އަދި ދަރުމަވަންތަ އެވެ. ގްރޫޕް ބީގައި ހިމެނެނީ، މިދިޔަ ފަހަރު އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ކްލަސިކް ކާމިޔާބުކުރި ވެމްކޯ އާއި އެމްޕީއެލް އަދި ހެލްތު ރެކްރިއޭޝަން ކްލަބް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ފެނަކަ މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox