ރިޓަޔާ ކުރުމަށްފަހު ރޮނާލްޑޯގެ ވިސްނުން ހުރީ ފުޓްބޯޅައާ ދުރުވާން

Aug 27, 2024, 8:32 AM
ރިޓަޔާ ކުރުމަށްފަހު ރޮނާލްޑޯގެ ވިސްނުން ހުރީ ފުޓްބޯޅައާ ދުރުވާން

ރިޔާދް، ސައުދީ އަރަބިއްޔާ (އޮގަސްޓް 27) - ރިޓަޔާކުރުމަށް ފަހު ފުޓުބޯޅައިގެ ކަންކަމުން ދުރުވުން އެއީ މި ވަގުތު ވިސްނާ ގޮތް ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ، 39, ސައުދީގެ ކުލަބް އަލް ނަސްރުގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެ އެވެ. އެކަމަކު އަދި އިތުރު ދެ އަހަރެއްވަރު, ފުޓުބޯޅަ ކުޅޭނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ އެވޯޑްތައް ގިނަ ފަަހަރުތަކެއް މަތިން ހޯދާފައިވާ، ރޮނާލްޑޯ ބުނީ އޭނާ ފުޓުބޯޅައިން ރިޓަޔާ ވާނީ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

"އަހަރެން އަކަށް ބުނާކަށް ނޭނގޭ އަހަރެން އަވަހަށް ރިޓަޔާވާނެ ކަމެއް. ދޭއް ނޫނީ ތިން އަހަރު ފަހުން ރިޓަޔާ ވާނީ. އެކަމަކު އަހަންއަށް ހީވަނީ އަހަރެން ރިޓަޔާ ވާނީ އަލް ނަސްރުގައި ހެން. އަހަރެން އަށް ސައުދީ ކަމުދޭ." ދާދި ފަހުން ރަސްމީ ޔޫޓިއުބް ޗެނަލް ލޯންޗްކުރި ރޮނާލްޑޯ ބުންޏެވެ.

ރިޓަޔާ ވުމަށްފަހު ފުޓުބޯޅައިގެ ކަންކަމުގައި އުޅުމުގެ ވިސްނުމެއް ނެތް ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. ހާއްސަކޮށް ކުލަބެއްގެ ކޯޗެއްގެ ގޮތުގައި ފެނުން އެއީ ދުރު ކަމެއް ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

"ކޯޗެއްގެ ގޮތުގައި އަހަރެން ފެނުން އެއީ ދުރު ކަމެއް. ވިސްނުމުގައި ހުރީ ބޮޑަށް ފުޓުބޯޅައިގެ ކަންކަމުން ދުރުވާން" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަންނަނީ މިހާރުވެސް ފުޓުބޯޅައިގެ ބޭރުން ގިނަ ވިޔަފާރިތައް ކުރަމުންނެވެ. އެގޮތުން އޭނާގެ އަމިއްލަ ބްރޭންޑް "ސީއާރް7" ގެ ދަށުން ހެދުން ވިއްކުމާއި, ހޮޓާތަކުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިވެސް ރޮނާލްޑޯ އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުންވެސް މިލިއަންނަށްވުރެ ގިނަ ޑޮލަރު އޭނާ އަށް މަހެއްގެ މައްޗަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox