ހޮސްޕިޓަލުން ފަރުވާ ހޯދީ ފުޓްބޯޅަ ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން:ރައީސް

ރައީސް މުއިއްޒު: ހޮސްޕިޓަލަށް ވަޑައިގަތީ ފުޓުބޯޅަ ކުޅެނިކޮށް އަނިޔާވެގެން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ހޮސްޕިޓަލަށް ވަޑައިގަތީ ފުޓުބޯޅަ ކުޅެނިކޮށް އަނިޔާވެގެން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މީގެ ދެތިން ރޭ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވަޑައިގަތީ، އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެ މަނިކުފާނު އާރަށުގެ ފާހާނާތެރެއަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދެވި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިގެން ގޮސްފައި ވަނިކޮށެވެ.

މީގެ ކުރިން ރައީސް މުއިއްޒުގެ ސިއްހީ ހާލަތުގެ ވާހަކައެއް ރައީސް އޮފީހުން ވެސް ހާމަކޮށްފައެއް ނެތެވެ.

"އަޅުގަނޑު މީގެ ދެތިން ދުވަސް ކުރިން ދިޔައިން ހޮސްޕިޓަލަށް. އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް ހަފްތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ އަޅުގަނޑަށްވީ ގޮތަކުން އިންޖަރީއެއްވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހަސަންކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒަށް ރޭ ވަރަށް ބޮޑަށް މައިގްރޭންގެ ތަދު އައިސްގެ މިރޭ ސިންގަޕޫރަށް ވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ.

އެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވީ މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ މައިގްރޭން ތަދުގެ ފަރުވާ އަށް ނޫން ކަމަށާއި، ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެންނާއި މީގެ ދެ އަހަރެންހާ ދުވަސްކުރިން ކުރި ސާރަޖީއަކާ ގުޅިގެން ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރަކަށް މުއިއްޒު ހުންނެވިއިރު ސިންގަޕޫރުން ކުރީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ގޮތު ވާހަކަތައް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox