އޭދަފުށިން ގޯތި ދޫނުކޮށްގެން ރައްޔިތުން ރަތަށް އަރައި އިހުތިޖާޖު ކޮށްފި

އޭދަފުށިން ގޯތި ދިނުން ދިގުލައިގެންދާތީ ރައްޔިތުން އިހުތިޖާޖު ކުރަނީ -- ފޮޓޯ: އޭދަފުށި ޓައިމްސް

އޭދަފުށިން ގޯތި ދިނުން ދިގުލައިގެންދާތީ ރައްޔިތުން އިހުތިޖާޖު ކުރަނީ -- ފޮޓޯ: އޭދަފުށި ޓައިމްސް

ބ. އޭދަފުށި ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ދޫކުރަން ޖެހޭ ގޯތި ދޫނުކޮށް ދިގުލައިގެންދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ރައްޔިތުން ރޭ ވެސް އިހުތިޖާޖުކޮށްފި އެވެ.

ސިލްސިލާކޮށް ރައްޔިތުން އިހުތިޖާޖު ކުރަމުން އަންނަތާ ދެ ދުވަސް ވެފައި ވަނީ އެ ރަށުން ދޫކުރާ 158 ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުނުކުރާތީ، އެކަން އަވަސް ކުރުމަށް ގޮވާލަ އެވެ.

"އިހުތިޖާޖު ކުރަން ޖެހުނީ ގޯތި ލިސްޓު އާންމުނުކޮށް ކައުންސިލުން އެކަން ދިގު ދަންމާތީ ހިތްހަމަނުޖެހިގެން. ކައުންސިލުން އަމަލު ކުރަނީ ވެސް އެކަމުގައި މައްސަލަ ޖެހި ދިގުލައިގެންދާ ގޮތަށް. އެހެންވެ ލިސްޓު އާންމުކޮށް މިކަން އަވަހަށް ނިންމަން އަޑު މި އުފުލަނީ،" އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކައުންސިލުން މިދިޔަ ހުކުރު ދުވަހު ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރި ނަމަވެސް، އެ މަޝްވަރާ ބައްދަލުވުން ނިމިފައި ވަނީ ހިޔާލުތަފާތުވުންތަކާ އެކުގަ އެވެ.

އޭދަފުށިން ވާހަކަ ދެއްކި މީހާ ބުނީ ބައްދަލުވުމުގައި ކައުންސިލުން ބުނެފައި ވަނީ ދޫކުރަން ހަމަޖެހިފައިވާ ބައެއް ގޯތިތައް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދާނަން މިކަމަށް ޖަވާބެއް ލިބެންދެން. ރައްޔިތުން ބޭނުމެއް ނުވޭ ގޯތިތައް މިހާރު ލިބޭ ތަން ބަދަލު ކުރާކަށް. ހައުސިން ޔުނިޓްތައް ވެސް އަޅަންވީ. އެކަމަކު އަނެއްކާ އެކަން ވާނެ ދުވަހެއް ވެސް ނޭގޭ. ލޭންޑް ޔޫޒް ޕްލޭން ވެސް އަލުން ބަދަލުވާނެ. ދުވަސްތަކެއް ނަގާނެ އަނެއްކާ. އެހެންވީމަ މިހާރު ލިސްޓު އާންމުކޮށް މިހާރު ވާން އޮތް ކަންތައް ކުރަން ޖެހޭ،" އޭނާ ބުންޏެވެ.

ގޯތިތައް ބަދަލުކުރަން ކައުންސިލުން ހުށަހެޅީ، މި ސަރުކާރުން އެ ރަށުގައި އަޅާ 1،000 ހައުސިން ޔުނިޓް ގޯތި ދޫކުރާ ސަރަހައްދަށް ވަންނާތީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ރައްޔިތުން ކައުންސިލުން ހުށަހެޅި ދެ ގޮތް ވެސް ބަލައިގަނެފައި ނުވާ ކަމަށެވެ. އެއީ ކައުންސިލުން ހުށަހެޅި ދެ ގޮތުން ވެސް ގޯތިތައް ބަދަލު ކުރަން ޖެހޭތީ ކަމަށް އޭނާ ބުންޏެވެ.

އޭދަފުށިން ގޯތި ދޫކުރަން 2020 ގައި އެ ގޯތިތައް ދޫކުރަން އިއުލާން ކުރި ނަމަވެސް، އެ ފަހަރު ގޯތިތައް ދޫކުރުން ހުއްޓުނީ 662 މީހުންގެ ތެރެއިން ގޯތި ލިބޭ ކަމަށް ކަނޑައެޅި 158 މީހުންގެ ލިސްޓު އާންމު ކުރުމާ ގުޅިގެން ދެ މީހަކު ޕޮއިންޓް ދިން ގޮތާ މެދު ޝަކުވާ ހުށަހެޅުމުން ކޯޓުންނެވެ.

އެ މައްސަލަތައް ބެލުމަށްފަހު އޭރު ކޯޓުން ނިންމީ ޝަކުވާ ހުށަހެޅި ދެ މީހުން ކޮޅަށެވެ. އެ ނިންމުމާ ގުޅިގެން އޭދަފުށި ކައުންސިލުން ގޯތި ލިބޭ މީހުންގެ ލިސްޓު ބާތިލްކޮށް، އަލުން ފޯމް ހުށަހަޅަން ހުޅުވާލީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެއާއެކު 700 އަށްވުރެ ގިނަ މީހުން ވަނީ 158 ގޯއްޗަށް ކުރިމަތިލާފަ އެވެ.

3،500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށިން ގޯތި އެންމެ ފަހުން ދޫކުރީ 1989 ގަ އެވެ. އެފަހަރު ދޫކުރީ 659 ގޯތި އެވެ.

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox