މި އަހަރުގެ ގައުމީ ދުވަހާ ޖެހިގެން އޮތް ދުވަސް ކަމަށްވާ ސެޕްޓެމްބަރު، 5 އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރުގެ ގައުމީ ދުވަހާ ގުޅިގެން ސެޕްޓެމްބަރު، 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސެޕްޓެމްބަރު، 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުންޏެވެ.
ގައުމީ ދުވަހާ ގުޅިގެން ސަރުކާރުން ރާވާފައިވާ ކަންކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ މާލީ ހާލަތު ދަށް ވުމުގެ ސަބަބުން އެކި ދުވަސްތަކުގެ މުނާސަބަތުގައި ހަރަކާތްތައް ހިންގުން ވަނީ މެދުކަނޑާލާފަ އެވެ.

އެގޮތުން މިހާރު އެކި ދުވަސްތަކާ ގުޅިގެން ބާއްވަނީ ހަމަ އެކަނި ދުވަހާއި ގުޅޭ ޖަލްސާ އެކަނި އެވެ.











