ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހެދުމުން އާންމުން ރަތަށް

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބީއެމްއެލްގެ ބޯޑުން ފާސްކުރީ އިއްޔެ އެވެ. ބޭންކުގެ އެ ނިންމުމަށް އަމަލު ކުރަން ފެށިކަން މިއަދު ބީއެމްއެލުން ވަނީ އިއުލާނު ކޮށްފަ -- ފޮޓޯ: އަދަދު

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބީއެމްއެލްގެ ބޯޑުން ފާސްކުރީ އިއްޔެ އެވެ. ބޭންކުގެ އެ ނިންމުމަށް އަމަލު ކުރަން ފެށިކަން މިއަދު ބީއެމްއެލުން ވަނީ އިއުލާނު ކޮށްފަ -- ފޮޓޯ: އަދަދު

ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން އެ ބޭންކުން ނިންމުމުން އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އެކަމަށް އަމާޒުވެއްޖެ އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލްގެ ބޯޑުން ފާސްކުރީ އިއްޔެ އެވެ. ބޭންކުގެ އެ ނިންމުމަށް އަމަލު ކުރަން ފެށިކަން މިއަދު ބީއެމްއެލުން ވަނީ އިއުލާނު ކޮށްފަ އެވެ.

ބޭންކުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ރެއިން ފެށިގެން އާންމުން ދަނީ ސޯޝަލްމީޑިއާގައި ހިޔާލުފާޅު ކުރަމުންނެވެ. އެ ނިންމުމާ ދެކޮޅަށް ހިޔާލުފާޅު ކުރި ބައެއް މީހުން ބުނީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާ ކަމަށެވެ. އަދި، ރުފިޔާ ކާޑުތަކުން ރުފިޔާ ނުނެގޭނެ ދުވަސް ވެސް އަންނާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"ގައުމު މެނޭޖު ކުރަން ނޭނގޭ މީހަކު ވެރިކަމުގައި އިތުރަށް ހުރެއްޖެ ނަމަ، ރާއްޖެއަށް ތެލާއި ކާބޯތަކެތި ލިބުން ވެސް ހުއްޓި ދާނެ، ރައްޔިތުން ބޭނުން ވަނީ ވެރިންނަށް ކާންދީފައި ރައްޔިތުން އަޅުންގެ ގޮތުގައި ތިބެން ނަމަ، ކެތް ކޮށްލާ،" ބީއެމްއެލްގެ ނިންމުމާ ދެކޮޅަށް ހިޔާލުފާޅު ކުރި މީހަކު ބުނެފައިވެ އެވެ.

ބޭންކުގެ ނިންމުމާ ގުޅިގެން ހިޔާލުފާޅުކުރި ބައެއް މީހުން ބުނީ މިއީ ވަރަށް ކަންބޮޑުވާ ނިންމުމެއް ކަމަށާއި އެ ނިންމުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.

"މި ނިންމުމުގެ ސަބަބުން ބޭރުން ތަކެތި ގެނެސްގެން އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބޭނެ، އަދި މީގެ ފަހުން ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޓްވިޓާ، ފޭސްބުކް، އިންސްޓާގްރާމް އަދި ސޮފްޓްވެއާ ސަބްސްކްރިޕްޝަންތަކަށް ވެސް ފައިސާ ދެއްކޭނީ ޑޮލަރު އެކައުންޓަކުން،" ގާލިބު ސަލީމް ކިޔާ މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

ބޭންކުގެ ނިންމުމާމެދު ކަންބޮޑުވުން ފާޅު ކުރައްވައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބަދަލުގެ ސަބަބުން ޕްރައިވެޓު ސެކްޓަރުގެ އިގުތިސާދަށް ކުރާނެ ނޭދެވޭ އަސަރު ސަރުކާރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި، މިފަދަ ކުއްލި ބަދަލެއްގެ ސަބަބުން ދަރިވަރުންނާއި ވިޔަފާރިތަކަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން, ބޭރުގެ ވެބްސައިޓުތަކާއި ސޮފްޓްވެއާތަކަށް ފައިސާ ދެއްކުމަށް ބުރޫ އަރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"މުއިއްޒު ވައުދުވެވަޑައިގަތީ އިގުތިސޯދާ މެދު އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، އަދި ފަހުން ވަރަށް ހަރުކަށިކަމާއެކު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް އިތުރު ނުވާނެ ކަމަށް. ދައުލަތުގެ އެންމެ އިސްވެރިޔާގެ މިފަދަ މައުލޫމާތު ނެތް ނިންމުންތަކުގެ އަސަރު ހުރިހާ ދާއިރާއަކަށް ކުރާނެ," ފައްޔާޒު ވިދާޅުވި އެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅިގެން އެ ބޭންކުގެ ކޯލު ސެންޓަރުގެ ހިދުމަތަށް ވެސް މިއަދު ވަނީ ބުރޫ އަރައިފަ އެވެ.

ކާޑު ލިމިޓުތަކަށް ގެނައި ބަދަލުތައް

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ,
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ,
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމެވެ.

މި ބަދަލުތައް ގެނައީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުން ވެސް ޑޮލަރު ހޭދަކުރަން ޖެހުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު އެކަނިވެސް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ބީއެމްއެލުން ވިއްކާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކެ ވިދާޅުވެފައިވެ އެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމާއި އެ ނޫން ވެސް އިތުރު ބައެއް ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު އުފެލުމުން ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 18.50 ގަ އެވެ.

ބީއެމްއެލްގެ މި ނިންމުމާއެކު ޑޮލަރުގެ ރޭޓު ކަޅު ބާޒާރުގައި އަގު އަދިވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox