ޑޮލަރު ސަޕޯޓު ކަނޑާލުން: ބޮޑު ބަދަލަށް ތައްޔާރުވާން ޖެހޭ

ޑޮލަރު ސަޕޯޓު ކަނޑާލުން: ބޮޑު ބަދަލަށް ތައްޔާރުވާން ޖެހޭ

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރު ޕޭމަންޓުތައް ނުހެދޭ ގޮތަށް އެ ބޭންކުން މިއަދު ހަމަޖައްސައިފި އެވެ.

ވިސާ ޑެބިޓް ކާޑެއް ނުވަތަ ވިސާ ކްރެޑިޓް ކާޑެއް ގެންގުޅުނަސް އެއިރުން އެ ކާޑުތަކަކުން ޑޮލަރުގެ އެއްވެސް މުއާމަލާތެއް ނުހިންގޭނެ އެވެ. ނަމަވެސް ޑޮލަރުން ކްރެޑިޓް ކާޑަށް ފައިސާ ދައްކާ ގޮތަށް ހަމަޖައްސާ ނަމަ ކްރެޑިޓް ކާޑުން ބޭރުގެ ވިޔަފާރި ކުރެވޭނެ އެވެ.

މި ވަގުތު އަމަލު ކުރަމުންދާ ގޮތުން ނަމަ، ވިސާ ޑެބިޓް ކާޑުން 250 ޑޮލަރާ ހަމައަށް ޑޮލަރުގެ މުއާމަލާތް ކުރެވޭނެ އެވެ. ރުފިޔާއިން ފައިސާ ދައްކާ ކްރެޑިޓް ކާޑެއް ނަމަވެސް 750 ޑޮލަރާ ހަމައަށް ޑޮލަރުގެ މުއާމަލާތް ކުރެވެ އެވެ. އެކި ކްރެޑިޓް ކާޑުތަކުގެ ލިމިޓް ތަފާތެވެ.

އޭގެ މާނައަކީ ބީއެމްއެލްއިން ގެންނަ ބަދަލަށް ފަހު، ނެޓްފްލިކްސް، ގޫގްލް، އެމޭޒަން، ޝީއިން އަދި އައިބޭ ފަދަ ތަންތަނުން ކުރާ ވިޔަފާރިތައް ދިވެހި ރުފިޔާ އެކައުންޓަކުން ދެން ނުކުރެވޭނެ އެވެ.

ބީއެމްއެލްގެ އެ ބަދަލަށްފަހު ޑޮލަރުގެ ވިޔަފާރި ދެން ކުރެވޭނީ ޑޮލަރު އެކައުންޓަކުން އެކަންޏެވެ. އެހެންކަމުން މިހާރު އާންމުކޮށް މަހުން މަހަށް ބޭރުގެ މާޝަންޓުތަކުން ކުރާ ވިޔަފާރިތައް ކުރެވޭނީ ޑޮލަރު އެކައުންޓެއް ހުޅުވައިގެނެވެ.

ޑޮލަރު އެކައުންޓު ޕްރައިމަރީ އެކައުންޓަށް ހެދުން

ބީއެމްއެލްއިން އެކަކަށް ދެ ވިސާ ކާޑެއް ދުލެއް ނުކުރެ އެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ވިސާ ކާޑެއް އޮވެއްޖެ ނަމަ މިހާރު މާސްޓާ ކާޑެއް ވެސް ދުލެއް ނުކުރެ އެވެ.

އެހެންކަމުން ޑޮލަރު އެކައުންޓުން މުއާމަލާތް ކުރަން ބޭނުންވެއްޖެ ނަމަ ހަދަންޖެހޭނެ ގޮތަކީ ޑޮލަރު އެކައުންޓު ޕްރައިމަރީ އެކައުންޓަކަށް ހެދުމެވެ. ކާޑުން ހިދުމަތެއް ބޭނުން ކުރާއިރު މިހާރު ރުފިޔާ އެކައުންޓުން ކެނޑެނީ އެ އެކައުންޓަކީ ޕްރައިމަރީ އެކައުންޓަށް ހަދާފައި ހުރުމުންނެވެ. އެހެންކަމުން ޑޮލަރު އެކައުންޓު ޕްރައިމަރީ އެކައުންޓަކަށް ހަދައިފި ނަމަ ކައިިރި ފިހާރައިގެ ޕީއޯއެސް މެޝިނުން ވެސް ކެނޑޭނީ ޑޮލަރު އެކައުންޓުންނެވެ.

ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަނުން މެސެޖެއް ކޮށްލައިގެން ޕްރައިމަރީ އެކައުންޓު ބަދަލު ކުރެވޭނެ އެވެ. އަދި ޕްރައިމަރީ އެކައުންޓު ވަކި ތާރީހަކާ ހަމައަށް ބަދަލު ކުރަން ބޭނުން ނަމަ އެ އިންތިޒާމު ވެސް ހަމަޖައްސަދޭނެ އެވެ.

ދެން ހެދޭނީ ކިހިނެއް؟

ވިސާ ކާޑުން އެކަނި މުއާމަލާތް ކުރަމުން ޕްރައިމަރީ އެކައުންޓު އަބަދު ބަދަލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު އެ އުނދަގުލަށް ކުޑަ ހައްލެއް އެބަ އޮތެވެ.

ދިވެހިރާއްޖޭގައި އެކަނި ބޭނުން ކުރެވޭ އެމެރިކަން އެކްސްޕްރެސް ކާޑެއް މިހާރު ވެސް ބީއެމްއެލް އިން ދޫކުރެ އެވެ. އެ ކާޑު ރުފިޔާ އެކައުންޓަށް ހާއްސަ ކުރުމަށް ފަހު، ވިސާ ކާޑު ޑޮލަރު އެކައުންޓަށް ހާއްސަ ކުރުމުން ޕްރައިމަރީ އެކައުންޓު އަބަދު ބަދަލު ކުރާކަށް ނުޖެހޭނެ އެވެ.

އެކަމަކު، މޯލްޑިވްސް އިސްލާމިކް ބޭންކަށް މުސާރަ ޖަމާވާ ނަމަ 250 ޑޮލަރާ ހަމައަށް ދިވެހި ރުފިޔާ ކާޑަކުން މުއާމަލާތް ކުރެވޭނެ އެވެ.

އެމްއައިބީ އެކައުންޓަކަށް މުސާރަ ޖަމާނުވާ ނަމަ އެމްއައިބީ އިން ދޫކުރާ ވިސާ އިންސްޓަންޓް ކާޑާއި ވިސާ އެވެރިޑޭ ކާޑު ބޭނުން ކުރެވޭނީ ހަމައެކަނި ރާއްޖޭގަ އެވެ. މާނައަކީ ބޭރުގެ އެއްވެސް ޕޭމަންޓެއް އެ ކާޑުތަކަކުން ނުހެދޭނެ އެވެ. އެކަމަކު، ޑޮލަރު އެކައުންޓަށް ހާއްސަ ކާޑެއް ވިސާ ޕްލެޓިނަމްގެ ނަމުގައި އެ ބޭންކުން ދޫކުރެ އެވެ.

އެހެންކަމުން އެމްއައިބީއަށް މުސާރަ ޖަމާ ކުރާ ގޮތަށް ހަދައިފި ނަމަ ދިވެހި ރުފިޔާ އެކައުންޓުތަކުން ވެސް 250 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ އެވެ.

ބޮޑު ބަދަލެއް: ދެން ދެން ޖެހޭނީ ގަވާއިދުން ޑޮލަރު ގަންނަން

ގިނަ ދިވެހިން މިހާރު އާންމުކޮށް ޑޮލަރު ގަންނަނީ ބޭރު ގައުމަކަށް ކޮންމެވެސް ބޭނުމެއްގައި ދަތުރެއް ކުރަން ޖެހިއްޖެ ނަމަ އެވެ. ކޮންމެ މަހަކު ޑޮލަރުން ހަމަޖައްސަންޖެހޭ ހަރަދުތައް މި ކުރަނީ ދިވެހި ރުފިޔާ އެކައުންޓަށް ލިބޭ 250 ޑޮލަރުގެ އެލަވަންސުންނެވެ.

ނަމަވެސް ބީއެމްއެލްއިން ގެނައި މި ބަދަލާއެކު އަބަދުވެސް އެކައުންޓުގައި ޑޮލަރު ހުރުން މުހިންމުވެއްޖެ އެވެ. އެކަމަކު ޑޮލަރު ގަންނަން މި ލިބެނީ ކަޅު ބާޒާރުން އެކަންޏެވެ. ކަޅު ބާޒާރުގައި ޑޮލަރެއް މި އުޅެނީ 18ރ. އަށް ވުރެ މަތީގަ އެވެ.

ސަރުކާރުން ހުއްދަ ނަގައިގެން މަނީ އެކްސްޗޭންޖުގެ ވިޔަފާރި ކުރާ ތަންތަނުން ވެސް ޑޮލަރުގެ މުއާމަލާތްތައް ހިންގަނީ ގަވާއިދާ ހިލާފަށެވެ. ޑޮލަރު ވިއްކާ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި އޮންނަ އަގަކީ 15.42ރ. އެވެ. އެހެންކަމުން އެއަށްވުރެ މަތިން ޑޮލަރު ވިއްކުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ.

އިގްތިސާދީ ހަގީގަތަށް ވިސްނާއިރު، ކިތަންމެ އަގު ބޮޑު ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރު ގަތުން ނޫން ގޮތެއް ދެން ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox