ޔަމާލްގެ ގޯލާ އެކު ބާސެލޯނާ އަށް މޮޅެއް

Aug 25, 2024, 3:12 AM
ޔަމާލްގެ ގޯލާ އެކު ބާސެލޯނާ އަށް މޮޅެއް

ބާސެލޯނާ (އޮގަސްޓް 25) - ލަމީން ޔަމާލް މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލާ އެކު، ބާސެލޯނާ އިން 2-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް، މި ފަހަރުގެ ސްޕެނިޝް ލީގުގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި ޔަމާލް ވަނީ އޭރިއާ ބޭރުން ޖެހި ޝޮޓަކުން ސީޒަނުގައި އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފަ އެވެ. ޔަމާލް، 17، ޖެހި ބޯޅަ ގޯލަށް ވަނީ، ބިލްބާއޯގެ އިނީގޯ ލެކުއޭ ފައިގައި ޖެހިފަ އެވެ.

ބިލްބާއޯ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރީ ޕެނަލްޓީ އަކުންނެވެ. މިއީ، ބާސެލޯނާގެ ޑިފެންޑަރު، ޕައު ކުބަރްސީ، އެ ޓީމުގެ އޭރިއާތެރެއިން، ބިލްބާއޯގެ އަލެކްސް ބެރެނެގުއޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން އޮއިހާން ސަންކޭޓް ޖެހި ގޯލެކެވެ.

ލީގުގެ ފުރަތަމަ ހަފްތާގައި ބާސެލޯނާ އިން ވެލެންސިއާ ބަލިކުރިއިރު ދެ ގޯލު ޖެހީ ވެސް، ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗުގައި ވެސް ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ ލެވަންޑޯސްކީ އެވެ. ޕެޑްރީ ފޮނުވާލި ބޯޅައެއް ބިލްބާއޯގެ ކީޕަރު، އަލެކްސް ޕަޑީޔާ އަތުގައި ޖެހިފައި ނުކުތް ވަގުތު ލެވަންޑޯސްކީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާ އިން ގެނައި، ސްޕެއިނުގެ މިޑްފީލްޑަރު، ޑެނީ އޮލްމޯ އަށް އަދިވެސް މެޗެއްގައި ނުކުޅެވެނީ، އޭނާގެ ރެޖިސްޓްރޭޝަން މަަސައްކަތް ބާސެލޯނާ އަށް ނިންމާލެވިފައިނުވާތީ އެވެ. ބާސެލޯނާ އިން އަދިވެސް ކުޅުންތެރިން މަދުކޮށްގެން ނޫނީ އޮލްމޯ ރަޖިސްްޓްރީ ކުރެވޭނެ ގޮތެއް ނެތެވެ. އެއީ، އެ ކްލަބްގެ ސްކޮޑު ކޯސްޓްގެ އަގު އުޅެނީ ގަވާއިދު ތަންދޭ މިންގަނޑަށް ވުރެ މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox