ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދަން ބީއެމްއެލްގެ ބޯޑުން ނިންމައިފި

މާލޭގައި ހުންނަ ބީއެމްއެލްގެ އިމާރާތެއް. ބީއެމްއެލް ބޯޑުގެ މި ނިންމަށް ވަރަށް އަވަހަށް ތަންފީޒު ކުރަން ފަށާނެ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މައުލޫމާތު ދިން -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ބީއެމްއެލްގެ އިމާރާތެއް. ބީއެމްއެލް ބޯޑުގެ މި ނިންމަށް ވަރަށް އަވަހަށް ތަންފީޒު ކުރަން ފަށާނެ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މައުލޫމާތު ދިން -- ފޮޓޯ: އަދަދު

ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްގެ ބޯޑުގެ އެ ނިންމުމާ ގުޅިގެން އެ ބޭންކުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން "އަދަދު" އަށް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ ބީއެމްއެލް ބޯޑުގެ މި ނިންމުން މިހާރު އޮތީ "މާދަމާ ވެސް ތަންފީޒު ކުރަން ފަށާ ހިސާބުގައި" ކަމަށެވެ.

"މާދަމާ ވެސް ތަންފީޒުކުރުން އެކަށީގެންވޭ. ނުވަތަ ވަރަށް އަވަހަށް ތަންފީޒު ކުރާނެ،" އަދަދު ނޫހަށް މައުލޫމާތު ދިން އެކަކު ވިދާޅުވި އެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމާއި އެ ނޫން ވެސް އިތުރު ބައެއް ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު އުފެލުމުން ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 18.40 ގަ އެވެ. ވިއްކާ އަދަދަށްވުރެ ޑޮލަރު ގަންނަން ލިބޭ އަދަދު މަދުވުމުގެ ސަބަބުން "އުނދަގޫ ނިންމުންތަކެއް" ނިންމަން ޖެހިދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކެ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ޖޫން ގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ކާލް ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށް އޭނާ އެދުވަހު ވިދާޅުވި އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުވާ ގޮތް ހެދުމަށް ބީއެމްއެލްގެ ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒުކުރަން ފެށުމުން، ޑޮލަރު މުއާމަލާތް ދެން ކުރެވޭނީ ހަމައެކަނި ޑޮލަރު އެކައުންޓު ހުރެގެންނެވެ. ރުފިޔާ ކާޑުން އޮންލައިން ސަސްކްރިޕްޝަން މިހާރު ދައްކަމުން ދިޔަ ނަމަވެސް، ބީއެމްއެލްގެ މި ނިންމުން ތަންފީޒު ކުރުމުން، އެފަދަ ސަސްކްރިޕްޝަންތަކަށް ވެސް ބޭނުންކުރަންޖެހޭނީ ޑޮލަރު ކާޑެވެ.

"[މިކަން ތަންފީޒުކުރަން ފެށުމުން] ޑޮލަރު އެކައުންޓާއި ޕްރައިމަރީ އެކައުންޓަކަށް ޑޮލަރު އެކައުންޓު ނުހަދައި، ޑޮލަރުން މުއާމަލާތްތައް ނުކުރެވޭނެ،" ނޫހަށް މައުލޫމާތު ދިން މީހުން ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ކޮންމެ މަހަކު ނެގޭ ޑޮލަރުގެ ލިމިޓު ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެކަން ވަނީ ފެއިލްވެފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނަށް ވަކިކުރަން ނިންމައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވީ، ރުފިޔާ ކާޑުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް ބޯޑުން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox