ޔުނައިޓެޑް ބަލިކޮށް ބްރައިޓަނުން ޒުވާން ކޯޗާ އެކު ވަރުގަދަ ފެށުން ކުރިއަށް

Aug 24, 2024, 1:54 PM
ޔުނައިޓެޑް ބަލިކޮށް ބްރައިޓަނުން ޒުވާން ކޯޗާ އެކު ވަރުގަދަ ފެށުން ކުރިއަށް

ލަންޑަން (އޮގަސްޓް 24) - މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ، 31 އަހަރުގެ ކޯޗު، ފަބިއަން ހާޒްލާއާ އެކު، ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި ކޯޗުކޮށްދޭ އެންމެ ހަގު ކޯޗު، ހާޒްލާގެ ކޯޗުކަމުގައި ބްރައިޓަން އިން ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުންބޭރުގައި އެވަޓަން އަތުން 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، އަމިއްލަ ދަނޑުގައި ބްރައިޓަން އިން މި ވަނީ މި ފަހަރުގެ ސީޒަނަށް ރަނގަޅު ޓްރާންސްފާތަކެއް ކޮށްގެން ކުރިމަތިލި ޔުނައިޓެޑް ބަލިކޮށްފަ އެވެ.

އެމެކްސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބްރައިޓަން އިން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ، 32 ވަނަ މިނިޓްގައި، ބްރައިޓަންގެ ޖަޕާން ވިންގް، ކައޯރޫ މިޓޯމާ ދިން ބޯޅައަކުން ޑެނީ ވެލްބެކް އެވެ. މިއީ، ކުރިން ޔުނައިޓެޑަށް ކުޅުނު ވެލްބެކްގެ ކްލަބް ކެރިއަރުގައި ޖެހި 100 ވަނަ ގޯލެވެ.

Advertisement

ބްރައިޓަންގެ ކޯޗު ހާޒްލާ: އޭނާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން.

ދެ ވަނަ ހާފު ފަށައިގެން ބްރައިޓަން އަށް ލީޑުފުޅާކޮށްދޭން ތަޖުރިބާކާރު މިޑްފީލްޑަރު، ޖޭމްސް މިލްނާ ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ، ޔުނައިޓެޑްގެ ފުލްބެކް، ޑިއޯގޯ ޑަލޯ އެވެ.

ޔުނައިޓެޑުން އެއްވަރުކުރީ މެޗުގެ 60 ވަނަ މިނިޓްގައި، އަމަދު ޑިއާލޯ ޖެހި ގޯލުންނެވެ. މިއީ، ޔުނައިޓެޑްގެ މޮރޮކޯ ފުލްބެކް، ނުސައިރު މަޒްރައޮއީ ދިން ބޯޅައެއް ހިފައިގެން ގޮސް، ޑިއާލޯ ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަަށް ވަނީ ބްރައިޓަންގެ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

ކައުންޓަ އެޓޭކުގައި ޔުނައިޓެޑުން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ ޖެހި ބޯޅަ އޮފްސައިޑްގައި ހުރި އެ ޓީމުގެ ޖޯޝުއާ ޒާކްޒީ ފައިގައި ޖެހިފައި ގޯލަށް ވަންއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. ޒާކްޒީ ފައިގައި ނުޖެހި އެ ބޯޅަ ގޯލަށް ވަންނަމަ، އޮފްސައިޑްވުމުގެ ފުރުސަތެއް ނެތެވެ.

ބްރައިޓަން އިން މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބްރައިޓަން މޮޅުވީ، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޖޮއާއޯ ޕެޑްރޯ ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ސިމޯން އަޑިންގްރާ ނަގައިިދިން ހުރަހަކުން ބޮލުންނެވެ. ޕެޑްރޯ މި ލަނޑު ޖެހީ އޭރިއާތެރޭގައި ހުސްކޮށް ހުރެ އެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެޓޭކްތަކެއް ކުރެވޭތޯ ގިނަ ބަދަލުތަކެއް ކޮށްފަ އެވެ. އެ ގޮތުން، އެ ޓީމަށް ބްރައިޓަންގެ ކީޕަރު ޖޭސަން ސްޓީލް ޓެސްޓް ކުރެވޭ ވަރުގެ ރަނގަޅު ހަމަލާތަކެއް ފޮނުވާނުލެވުނެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑް ބަލިވި ދެ ވަނަ މެޗެވެ. އެ ގޮތުން، ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުން ވަނީ ބަލިވެފަ އެވެ. ޕްރިމިއާ ލީިގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ވަނީ އަމިއްލަ ދަނޑުގައި ހަނިގޮތަކަށް 1-0 އިން ފުލަމް އަތުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox