ހުޅުމާލެއިން ބިން ލިބެންދެން ކަނޑުއޮތްގިރީގައި ހިންގި މަސް ކާރުހާނާގެ މަސައްކަތްތައް ފެލިވަރަށް ބަދަލުކުރަނީ

ކަނޑުއޮތްގިރި. މި ރަށް މިހާރު ވަނީ އެމްއެންޑީއެފް އާ ހަވާލުކޮށްފަ --- ފޮޓޯ: ގޫގުލް އާތު

ކަނޑުއޮތްގިރި. މި ރަށް މިހާރު ވަނީ އެމްއެންޑީއެފް އާ ހަވާލުކޮށްފަ --- ފޮޓޯ: ގޫގުލް އާތު

ސަރުކާރު މަސް ކުންފުނި، މިފްކޯއިން 1999 އިން ފެށިގެން ކ. ކަނޑުއޮތްގިރީގައި ހިންގަމުންދިޔަ މަސް ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަން ބޭނުންވާ ބިން ލިބެންދެން އެތަނުގައި ކުރި މަސައްކަތްތައް ޅ. ފެލިވަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކަނޑުއޮތްގިރީގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުނީ އެ ރަށުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް މި ހިނގާ އޯގަސްޓް 4، ގައި ކެބިނެޓުން ނިންމުމުން ކަމަށެވެ. މިފްކޯއިން ބުނަނީ ކަނޑުއޮތްގިރިއަކީ މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ.

ޑިމާންޑު ބޮޑުވުމާއެކު، މި ޕްރޮޑަކްޓުތައް އުފެއްދުމުގެ މަސައްކަތް ފެލިވަރުގައި ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ވަގުތުތަކެއް ނަގާނެކަމަށް އެ ކުންފުނިން ބުންޏެވެ.

"ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ. ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު އެހާމެ ބޮޑުވެފަ މިއީވެސް އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް،" ސަރުކާރުގެ ކުންފުނިން ބުންޏެވެ.

ލަފައިފުރުމުގެ ދަތިކަމާ ހުރެ ބަނދަރު އަޕްގްރޭޑު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގި ކަނޑުއޮތްގިރިން، މިފްކޯގެ މަސް ފެކްޓަރީ ބަދަލުކޮށް އެ ރަށް ދޫކޮށްލަން ނިންމާފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާނުކުރީ ޖޫން 13، ގަ އެވެ. އެދުވަހު މަސްވެރިން ކުރި މުޒާހަރާއެއްގެ ބައިވެރިންނާ މުހާތަބުކުރައްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ، ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ހޯދަން އެޗްޑީސީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމު ވަނީ އެ ރަށް މިހާރު އެމްއެންޑީއެފް އާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ހުޅުމާލެއިން ބިން ހޯދުމަށް އަދިވެސް ކުރެވެނީ މަޝްވަރާ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.

ކަނޑުއޮތްގިރިއަށް ކުރި ހޭދަތައް ފާހަގަކޮށް މިފްކޯއިން އިތުރަށް ބުނީ، އެ ރަަށަށް ލިބިފައިވާ އިންވެސްޓުމަންޓުތަކުގެ ބޭނުން ހިފުމަށް ހުޅުމާލެއިން ވަރަށް އަވަހަށް ބިމެއް ބޭނުންވާ ކަމަށެވެ. އަދި، ސެޕްޓެމްބަރު 15، ގެ ކުރިން ކަނޑުއޮތްގިރި ހުސްކުރަން އަންގާފައިވާކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox