20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ފަހު ވަގުތު ލަނޑު ޖަހައި ރާއްޖެ ބަލިކޮށް އިންޑިއާ ސެމީ އަށް

Aug 23, 2024, 11:19 AM
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ފަހު ވަގުތު ލަނޑު ޖަހައި ރާއްޖެ ބަލިކޮށް އިންޑިއާ ސެމީ އަށް

އިތުރު ވަގުތުގެެ ފަހު މިނިޓްގައި ލަނޑު ޖަހައި، 1-0 އިން ރާއްޖެ ބަލިކޮށް، އެންމެ ފަހުން ތިން ފަހަރުގެ ސާްފް 20 އަހަރުން ދަށުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކޮންމެ ގްރޫޕެއްގައި ތިން ޓީމު ކުޅޭއިރު، ގްރޫޕް ބީގެ ފުރަތަމަ މެޗުން އިންޑިއާ އިން ވަނީ 1-0 އިން ބޫޓާން ބަލިކޮށްފަ އެވެ. އެ މެޗުގައި އިންޑިއާގެ ދެ ކުޅުންތެރިއަކަށް އަދި ބޫޓާނުގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ވަނަ މެޗުން ބޫޓާނުން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ، ރާއްޖެ އަތުން 2-1 އިން މޮޅުވެފަ އެވެ.

އެހެންކަމުން، މިއަދުގެ މެޗަށް ނުކުތްއިރު، ސެމީ ފައިނަލަށް ދިއުމަށް އިންޑިއާ އަށް ބޭނުންވަނީ ޕޮއިންޓެކެވެ. އަދި ރާއްޖެ އަށް ސެމީ ފައިނަލަށް ދެވެން އޮތީ މޮޅުވެގެންނެވެ.

އިންޑިއާ އިން މި މެޗުން މޮޅުވެ، ގްރޫޕް ބީގެ އެއް ވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. ސެމީގައި އިންޑިއާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އަދި އަނެއް ސެމީގައި ބޫޓާން ކުޅޭނީ ނޭޕާލާ އެވެ.

އަންފާ ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗު ފަށައިގެން އިންޑިއާ އިން ކޮންޓްރޯލް ނަގައިގެން ރަނގަޅު ކުޅުމެއް ދައްކަން ފެށި އެވެ. އެ ގޮތުން، އިންޑިއާ އިން ރަނގަޅު ފުރުސުތަކެއް ހޯދި ނަމަވެސް، ރާއްޖެ ޓީމުގެ ޑިފެންޑަރުންނާއި ކީޕަރު މުހައްމަދު ޔާމީން ވަނީ މޮޅު ކުުޅުމެއް ދައްކައި އެ ބޯޅަތައް ހުއްޓުވައިފަ އެވެ.

ރާއްޖެ ޓީމުގެ ކީޕަރު ޔާމީން: މިއަދުގެ މެޗުގައި ގިނަ ބޯޅަތަކެއް ވަނީ ހުއްޓުވައިފައި.--- ފޮޓޯ: އުދިޕްތު ސިންގް

އެ ގޮތުން، ފުރަތަމަ ހާފުގައި، ކީޕަރު ޔާމީން ވަނީ އިންޑިއާގެ ކެލްވިން ސިންގް ތައޮރެމް ޖެހި ޝޮޓެއް މަތަކޮށްފަ އެެވެ. އޭގެ ފަހުން، ކެލްވިން ގޯލެއް ޖެހި ނަމަވެސް، އެ ލަނޑު ވަނީ އޮފްސައިިޑްވެފަ އެވެ. އިންޑިއާގެ މުނީރުލް މުއްލާ އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

ކައުންޓަ އެޓޭކުގައި ރާއްޖޭން ވެސް ފުރުސަތު ހޯދޭތޯ ބަލަމުންދިޔަ އެވެ. އެ ގޮތުން، ރާއްޖޭގެ ކެޕްޓަން، ޝަނާން ރަޝާދު އަށް ލިބޭ ބޯޅަތައް ހިފަހައްޓައި، ގިނަ ކުޅުންތެރިން އެޓޭކުގައި ބައިވެރިކުރެވޭތޯ ބަލަމުންދިޔަ އެވެ.

އެ ގޮތުން ފަޅިން ކުޅެމުންދިޔަ، އަބްދުﷲ ލޫތު އިބްރާހިމް އަށް ލިބޭ ބޯޅަތަކުގައި އޭނާ ހުއްޓުވަން އިންޑިއާ އިން ފައުލުކުރަމުންދިޔަ އެެވެ.

ދެ ވަނަ ހާފުގައި ރާއްޖެ އަށް ގިނަ ބޯޅަތަކެއް ކުރިއަށް ކުޅެން ފުރުސަތު ލިބުނެވެ. އެ ގޮތުން، އިންޑިއާ އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން، ޝަނާން ފޮނުވާލި ބޯޅަ ދިޔައީ، ހުރަސްދަނޑިމަތިންނެވެ.

އިންޑިއާގެ ކޮރޯ ސިންގް (ވ) އަތުން ބޯ:ޅަ ހޯދަން ރާއްޖެ ޓީމުގެ ލޫތު މަސައްކަތްކުރަނީ.--- ފޮޓޯ: އުދިޕްތު ސިންގް

އިންޑިއާ އިން އޭރިއާތެރެއަށް ހުރަސްކޮށްގެންނާއި އޭރިއާބޭރުން ޝޮޓު ފޮނުވާލައިގެން ވެސް ގޯލު ޖެހޭތޯ ބެލިއިރު، ރާއްޖޭގެ ކީޕަރު، ޔާމީން ވަނީ އެ ބޯޅަތައް ހިފަހައްޓައިފަ އެވެ.

ކައުންޓަ އެޓޭކުގައި ރާއްޖެ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، މެޗުގެ 84 ވަނަ މިނިޓްގަ އެވެ. އެ ގޮތުން ރަނގަޅު ކުޅުމަކަށް ފަހު، ލޫތު ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އޭރިއާތެރެއިން މުޒްދާން ހަސަން ޖެހި ޝޮޓް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

އޭގެ ފަހުން، އިތުރު ވަގުުތުގައި، ޝަނާން ދިން ބޯޅައެއް، ހިފައިގެން ހުސްކޮށް އޭރިއާތެރެއިން ލޫތަށް ކުރިއަށްދާން ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނެވެ.

އިންޑިއާ އިން މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި މަންގްލެންތަން ކިޕްގެން އެވެ. އޭރިއާބޭރުންޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މި ފަހަރުގެ މުބާރާތުގައި ބަދަލަކަށް އަރައި މަންގްލެންތަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިންޑިއާ ޓީމުގެ މަންގްލެންތަން ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އުދިޕްތު ސިންގް

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox