ސާވެޓް އަތުން މޮޅުވެ ޗެލްސީ ކޮންފަރެންސް ލީގުގެ ގްރޫޕް ސްޓޭޖާ ގާތަށް

Aug 23, 2024, 5:07 AM
ސާވެޓް އަތުން މޮޅުވެ ޗެލްސީ ކޮންފަރެންސް ލީގުގެ ގްރޫޕް ސްޓޭޖާ ގާތަށް

ލަންޑަން (އޮގަސްޓް 23) - ޔުއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި ސްވިޒަލެންޑްގެ ސާވެޓް އަތުން 2-0 އިން މޮޅުވެ، ޗެލްސީން މުބާރާތުގެ ގްރޫޕް ސްޓޭޖާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހަފްތާގައި، ސްވިޒަލެންޑްގެ ޖެނީވާގައި ސާވެޓް ދަނޑުގައި ކުޅޭ މެޗުން އެއްވަރުކޮށްލައިގެން ނޫނީ އެއް ލަނޑުގެ ފަރަގަކުން ބަލިވިޔަސް ޗެލްސީ އަށް ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުން ޖާގަ ލިބޭނެ އެވެ.

ރޭގެ މެޗަކީ ޗެލްސީގެ ކޯޗުކަމާ އެންޒޯ މަރެސްކާ ހަވާލުވި ފަހުން ރަސްމީ މެޗަކުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މަރެސްކާގެ ފުރަތަމަ މެޗުގައި ޗެލްސީ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވެފަ އެވެ.

Advertisement

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުން ލީޑުނެގީ 50 ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ އެވެ.

ޗެލްސީ އަށް ލީޑުފުޅާކޮށްދޭން 18 އަހަރުގެ ސްޕެއިން ފޯވާޑް، މާކް ގުއިއޫ އަށް ލިބުނު ރަނުގެ ފުރުސަތުގައި، އޭނާ އަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ. ސާވެޓްގެ ކީޕަރު، ޖެރެމީ ފްރިކް ހެދި ގޯހެއްގެ ފައިދާނަގައި ގުއިއޫ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ހުސް ގޯލެއް ކުރިމަތީގައި ހުރެ ވެސް އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޗެލްސީން މި މެޗުގެ މޮޅު ކަށަވަރުކުރީ ބަދަލަކަށް ކުޅެން އެރި ނޯނީ މަޑުއޭކޭ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި މަޑުއޭކޭ ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox