ސަރުކާރުން ފައިސާ ނުފޮނުވައިގެން ދަރިވަރުން ނުތަނަވަސްކަމުގައި!

ސަރުކާރުން ފައިސާ ނުފޮނުވައިގެން ދަރިވަރުން ނުތަނަވަސްކަމުގައި!

ސްކޮލަޝިޕާއި، ލޯނުގައި ކިޔަވަން ގޮސް ތިބި ބައެއް ދަރިވަރުންނަށް ފައިސާ ނުފޮނުވާތީ ކުރިއަށް އޮތް ސެމިސްޓާގައި ކިޔެވުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބައެއް ބެލެނިވެރިންނާއި ދަރިވަރުން ބުނެފި އެވެ.

ސަރުކާރުގެ ހަރަދުގައި މި އަހަރު ކުރީކޮޅު މެލޭޝިއާ އަށް ކިޔަވަން ދިޔަ ދަރިވަރެއްގެ ބެލެނިވެރިޔަކު އަދަދު ނޫހަށް ބުނީ އޭނާގެ ދަރިފުޅު ކިޔަވަމުންދާ ޔުނިވާސިޓީ އަށް ސަރުކާރުން ފައިސާ ދެއްކުން ލަސްވަމުންދާ ކަމަށެވެ.

އެ މައްސަލައިގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ސުވާލުކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ނަމަވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނެތް ކަމަށް އޭނާ ބުންޏެވެ.

"ކުރީ ސެމިސްޓާގައި ވެސް ފައިސާ ފޮނުވުން ލަސްވި. މިފަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފައޭ ވަނީ [ފައިސާ ފޮނުވަން]،" އެ ބެލެނިވެރިޔާ ބުންޏެވެެ.

މާލޭޝިއާގައި ކިޔަވަމުންދާ ދަރިވަރަކު ބުނީ ލާރި ދެއްކުން ލަސްވުމުގެ ސަބަބުން ޔުނިވާސިޓީގެ ސްޓްޑަންޓް ފޯޓަލްގެ އެކްސެސް އޭނާ އަށް ކަނޑާލާފައިވާ ކަމަށެވެ.

"މިފެށޭ ސެމިސްޓާ ގައި ބައިވެރި ނުވެވި ކޯސް ފަސްކުރަން ޖެހިދާނެ،" އެ ދަރިވަރު ފޮނުވި މެސެޖުގައިވެ އެވެ.

ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން މިދިޔަ ޖޫން މަހު ވެސް ހާލުގައި ޖެހުނެވެ.

އެ ފަހަރު ފައިސާ ފޮނުވުން ލަސްވީ ޑޮލަރުގެ ތާށިކަން ބޮޑުވެގެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

މިފަހަރު ދަރިވަރުންނަށް ފައިސާ ފޮނުވުން ލަސްވެފައި ވާއިރު، ދައުލަތުގެ މާލީ ހާލަތު ވަނީ ކުރިއަށް ވުރެ ގޯސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox