ރައީސް މުއިއްޒުގެ އެއާ އެމްބިއުލާންސް ހިދުމަތް ފުލުން ހިނގައްޖެ، ސީޕްލޭންގައި މިހާރު އުފުލަނީ ޓޫރިސްޓުން!

އެއާ އެމްބިއުލާންސްގެ ހިދުމަތަށް އިތުރުކުރި ސީޕްލޭން: އެ ބޯޓުގެ ކުލަ ބަދަލުކޮށް މިހާރު އުފުލަނީ ފަތުރުވެރިން --- ފޮޓޯ: މޯލްޑިވިއަން

އެއާ އެމްބިއުލާންސްގެ ހިދުމަތަށް އިތުރުކުރި ސީޕްލޭން: އެ ބޯޓުގެ ކުލަ ބަދަލުކޮށް މިހާރު އުފުލަނީ ފަތުރުވެރިން --- ފޮޓޯ: މޯލްޑިވިއަން

އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖައްސައި ބަލި މީހުން އުފުލަން ހާއްސަ ކުރި މޯލްޑިވިއަންގެ ސީޕްލޭނުގައި ރިސޯޓުތަކަށް ފަތުރުވެރިން ވެސް އުފުލަން ފަށައިފި އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން "އަދަދު" ނޫހަށް ބުނީ މޯލްޑިވިއަންގެ އާންމު ސީޕްލޭން ފްލީޓަށް، އެއާ އެމްބިއުލާންސްއަށް ކަނޑައެޅި ބޯޓު ބަދަލުކުރަން ނިންމީ ބަލި މީހުން އުފުލަން ވަކި ސީޕްލޭނެއް ހާއްސަކޮށްފައި ބާއްވުމަކީ ހަރަދު ދެކޮޅު ޖެހޭނެ ކަމަކަށް ނުވުމާއި، ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން ދަތިތައް ދިމާވުން ކަމަށެވެ.

މޯލްޑިވިއަންގައި އޮތީ ޖުމުލަ 11 ސީޕްލޭން އެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓުން ބަލި މީހުން އުފުލަން ބޭނުން ނުވެގެން، އެއާ އެމްބިއުލާންސް އަށް މަތިންދާ ބޯޓަކާއި ސީޕްލޭނެއް ހާއްސަކުރީ، އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ އެވެ.

ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިތާ ފަސް މަސް ދުވަސް ފަހުން ސީޕްލޭން-އެއާ އެމްބިއުލާންސްގެ ހިދުމަތް ހުއްޓައިލަން މި ވަނީ ޖެހިފަ އެވެ.

"އެގާރަ ސީޕްލޭންގައި ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަ އުފުލާ އޮއްވައި، އޭގެތެރެއިން އެއް ބޯޓު ބަދަލު ކުރީ އެއާ އެމްބިއުލާންސް އަކަށް. ނަމަވެސް އެކަން ކާމިޔާބު ނުވި. ރިސޯޓުތަކަށް މީހުން ގެންދަން ދަތިވެގެން އެއާ އެމްބިއުލާންސް، އާންމު ސީޕްލޭން ފްލީޓަށް ބަދަލު ކުރީ،" އަދަދު ނޫހާ ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.

މިކަމަށް ސާފު ސީދާކޮށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި މޯލްޑިވްއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ސީޕްލޭންގައި ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ހުއްޓުމަކަށް ނުދާނެ ކަމަށެވެ. އަދި އެއާ އެމްބިއުލާންސް އަށް ހާއްސަކުރި ސީޕްލޭން، އެ އޮޕަރޭޝަނުން، އާންމު ފްލީޓަށް ބަދަލު ކުރި ކަމަށް ވިދާޅެއް ނުވެ އެވެ.

މަތިންދާ ބޯޓު ޓްރެކްކުރާ ފްލައިޓް ރާޑާ އިން ދައްކާ ގޮތުގައި ސީޕްލޭނުން މި ހަފުތާގެ ތެރޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރެއް ނުކުރެ އެވެ. އެ ބޯޓުން ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކި ރިސޯޓުތަކަށެވެ.

މި ހަފުތާ ތެރޭ މި ސީޕްލޭނުން ދަތުރުކޮށްފައިވާ ރިސޯޓުތައް

  • ބްރެނިއާ ކޮއްޓެފަރު
  • ރޮބިންސަން ނޫނު
  • ވައްކަރު މޯލްޑިވްސް
  • ކިހާ މޯލްޑިވްސް
  • ފިނޮޅު މޯލްޑިވްސް
  • އެއްލައިދޫ މޯލްޑިވްސް
  • މަޑިފުށި ޕްރައިވެޓް އައިލެންޑް

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި ހިމަނައިގެން ޓޫރިސްޓުން އުފުލަމުންދިޔަ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް އޮޕަރޭޝަން ފެށީ މާޗު 15، ގަ އެވެ. ޑޭޝް8-200 މަރުކާރުގެ މަތިންދާ ބޯޓާއެކު އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރީ މާޗު 1 ގަ އެވެ.

ޑޭޝް8 އެކޭ އެއްގޮތަށް ސީޕްލޭންވެސް އެއާ އެމްބިއުލާންސަކަށް ބަދަލުކުރާނީ ބޭނުންވާ ވަސީލަތްތަކާއެކު ބޯޓުގެ އެތެރެ ބަދަލުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ 28، ގައި ނ. މަނަދޫގައި ވިދާޅުވި އެވެ. ނަމަވެސް އެ ދެ ބޯޓުގެ ވެސް އެތެރެ، ހާއްސަ އެމްބިއުލާންސްގެ ގޮތަށް ބަދަލެއް ނުކުރެ އެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެއީ މީގެ ކުރިން ބަލިމީހުން އުފުލުމުގެ ހިދުމަތް ދިން އިންޑިއާގެ އަސްކަރީ އުޅަނދުތަކުން ނެއްޓި އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކުރާ މަސައްކަތެއް ކަމަށް ސަރުކާރުން ސިފަކޮށްފައިވެ އެވެ.

ނަމަވެސް އެއާ އެމްބިއުލާންސް އަށް ހާއްސަކުރި ސީޕްލޭންގެ ޓޫރިސްޓުން އުފުލަން ބަދަލުކުރިއިރު، އިންޑިއާ އަސްކަރިއްޔާގެ އުޅަނދުތަކުން އަނެއްކާވެސް ބަލިމީހުން އުފުލަން ވަނީ ފަށައިފަ އެވެ. އިންޑިއަގެ ބޯޓުތަކުން ބަލި މީހުން އުފުލަން ފެށީ މި އަހަރުގެ މިނިވަން ދުވަހު އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދެނީ އައިލެންޑު އޭވިއޭޝަނާއި ހެލްތު މިނިސްޓަރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން އާސަންދަ އާއި އެންސްޕާ ގުޅިގެންނެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox