ހުލާސާކޮށް އިއްޔެ: ބަލި މީހުންނަށް ހާއްސަ ކުރި ސީޕްލޭންގައި މިހާރު އުފުލަނީ ޓޫރިސްޓުން

ބަލި މީހުން އުފުލަން ހާއްސަ ކުރި ސީޕްލޭން: އެއާ އެމްބިއުލާންސްގެ އަށް މި ސީ ޕްލޭންސް ހާއްސަކޮށްފައި ބޭއްވުމުގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ޓޫރިސްޓުން އުފުލަން. --ފޮޓޯ: އައިލެންޑު އޭވިއޭޝަން

ބަލި މީހުން އުފުލަން ހާއްސަ ކުރި ސީޕްލޭން: އެއާ އެމްބިއުލާންސްގެ އަށް މި ސީ ޕްލޭންސް ހާއްސަކޮށްފައި ބޭއްވުމުގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ޓޫރިސްޓުން އުފުލަން. --ފޮޓޯ: އައިލެންޑު އޭވިއޭޝަން

އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖައްސައި ބަލި މީހުން އުފުލަން ހާއްސަ ކުރި މޯލްޑިވިއަންގެ ސީޕްލޭނުގައި ރިސޯޓުތަކަށް ފަތުރުވެރިން ވެސް އުފުލަން ފަށައިފި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން "އަދަދު" ނޫހަށް ބުނީ މޯލްޑިވިއަންގެ އާންމު ސީޕްލޭން ފްލީޓަށް، އެއާ އެމްބިއުލާންސްއަށް ކަނޑައެޅި ބޯޓު ބަދަލުކުރަން ނިންމީ ބަލި މީހުން އުފުލަން ވަކި ސީޕްލޭނެއް ހާއްސަކޮށްފައި ބާއްވުމަކީ ހަރަދު ދެކޮޅު ޖެހޭނެ ކަމަކަށް ނުވުމާއި، ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން ދަތިތައް ދިމާވުން ކަމަށެވެ.

މޯލްޑިވިއަންގައި އޮތީ ޖުމުލަ 11 ސީޕްލޭން އެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓުން ބަލި މީހުން އުފުލަން ބޭނުން ނުވެގެން، އެއާ އެމްބިއުލާންސް އަށް މަތިންދާ ބޯޓަކާއި ސީޕްލޭނެއް ހާއްސަކުރީ، އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ އެވެ.

ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިތާ ފަސް މަސް ދުވަސް ފަހުން ސީޕްލޭން-އެއާ އެމްބިއުލާންސްގެ ހިދުމަތް ހުއްޓައިލަން މި ވަނީ ޖެހިފަ އެވެ.

"އެގާރަ ސީޕްލޭންގައި ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަ އުފުލާ އޮއްވައި، އޭގެތެރެއިން އެއް ބޯޓު ބަދަލު ކުރީ އެއާ އެމްބިއުލާންސް އަކަށް. ނަމަވެސް އެކަން ކާމިޔާބު ނުވި. ރިސޯޓުތަކަށް މީހުން ގެންދަން ދަތިވެގެން އެއާ އެމްބިއުލާންސް، އާންމު ސީޕްލޭން ފްލީޓަށް ބަދަލު ކުރީ،" އަދަދު ނޫހާ ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.

މިކަމަށް ސާފު ސީދާކޮށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި މޯލްޑިވްއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ސީޕްލޭންގައި ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ހުއްޓުމަކަށް ނުދާނެ ކަމަށެވެ. އަދި އެއާ އެމްބިއުލާންސް އަށް ހާއްސަކުރި ސީޕްލޭން، އެ އޮޕަރޭޝަނުން، އާންމު ފްލީޓަށް ބަދަލު ކުރި ކަމަށް ވިދާޅެއް ނުވެ އެވެ.

މަތިންދާ ބޯޓު ޓްރެކްކުރާ ފްލައިޓް ރާޑާ އިން ދައްކާ ގޮތުގައި ސީޕްލޭނުން މި ހަފުތާގެ ތެރޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރެއް ނުކުރެ އެވެ. އެ ބޯޓުން ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކި ރިސޯޓުތަކަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox