ރިހެބިލިޓޭޝަން ފަރުވާ ނިންމި މީހުންގެ އަގުވަޒަންކޮށް، ފަރުވާގެ ނިޒާމަށް އިތުރު 30 މިލިއަން ރުފިޔާ ހަމަޖައްސަނީ

Aug 17, 2024, 3:22 PM
ރިހެބިލިޓޭޝަން ފަރުވާ ނިންމި މީހުންގެ އަގުވަޒަންކޮށް، ފަރުވާގެ ނިޒާމަށް އިތުރު 30 މިލިއަން ރުފިޔާ ހަމަޖައްސަނީ

މަސްތުވާތަކެތިން ސަލާމަތްވާން ފުރިހަމަ ކުރަންޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި 419 މީހުންގެ އަގުވަޒަންކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ޑްރަގް ކޯޓުން ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.

ސޮލައިޓް ރެސްޓޯރަންޓުގައި ބޭއްވި އެ ހަފުލާގައި ފަރުވާގެ ނިޒާމަށް އިތުރު 30 މިލިއަން ރުފިޔާ ހަމަޖައްސާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާމަން ލުބްނާ ޒާހިރު ހުސެއިން ވިދާޅުވި އެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން މިދިޔަ އަހަރުގެ ބަޖެޓުގައި ޖަހާފައި އޮތީ 103 މިލިއަން ރުފިޔާ އެވެ.

މަސްތުވާތަކެތީގެ ފަރުވާ ހޯދައި ނިންމާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިވެދިނުމަށް ވެސް އެ ހަފުލާގައި ވާހަކަ ދައްކަވަމުން ލުބްނާ އެދިވަޑައިގަތެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދު ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަރުވާގެ ދުވަސްވަރު އެކަމުން އަރައިގަތުމަށް ގަދައަޅައި މަސައްކަތް ކުރަން ގާޒީ ނަސޭހަތްތެރިވި އެވެ.

ފަރުވާ ހޯދަން މިހާރު ހުރި ގޮންޖެހުންތައް ހައްލު ކުރަން ވެސް އޭނާ ގޮވައިލެއްވި އެވެ. އެގޮތުން ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ މައްސަލަ އާއި ފަރުވާ ނުފެށި ލަސްވާ މައްސަލަ ހައްލު ކުރަން އޭނާ އެދިވަޑައިގަތެވެ.

އެ ހަފުލާގައި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަލީ އަދީބަށް ޑްރަގް ކޯޓުން ވަނީ ހަނދާނީ ފިލައެއް އަރުވައިފަ އެވެ. އޭނާއަކީ މަސްތުވާތަކެތިން މީހުން ސަލާމަތް ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރާ ކަމުގެ ތަޖުރިބާކާރެކެވެ.

މަސްތުވާތަކެތި ބޭނުންވާ 7000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅެ އެވެ. ޖަލު ހުކުމް ތަންފީޒު ކުރާ މީހުންގެ ތެރެއިން ވެސް 80 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރާ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox