އާޓެޓާ ބުނީ ޕްރިމިއާ ލީގު ހޯދޭނެ ކަމުގެ އިހުސާސް އާސެނަލަށް ކުރެވޭ ކަމަށް

Aug 17, 2024, 4:33 AM
އާޓެޓާ ބުނީ ޕްރިމިއާ ލީގު ހޯދޭނެ ކަމުގެ އިހުސާސް އާސެނަލަށް ކުރެވޭ ކަމަށް

ލަންޑަން (އޮގަސްޓް 17) - އާސެނަލްގެ ކުޅުންތެރިން މި ވަގުތު ތިބި ރޫހަށް ބަލާއިރު، މި ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިދާނެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ގެއްލުނީ ސީޒަނުގެ ފަހު ދުވަހުގަ އެވެ. ސިޓީން ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގައި، އާސެނަލުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާޓެޓާ ވަނީ، އާ ސީޒަނަށް އެ ޓީމުގެ ތައްޔާރީތަކާއި ޓީމުގެ ރޫހު ރަނގަޅުކަން ފާހަގަކޮށްފަ އެވެ.

"ކްލަބްގެ ހުރިހާ ކުޅުންތެރިންގެ ބައްދަލުވުމެއް އޮތްއިރު، އެންމެން އެއްވެފައި، އަހަރެން ގާތުގައި ބުނީ މި ފަހަރު މި ކަން (ލީގު ހޯދަން ޖެހޭ ކަަމަށް). އިތުރު ކުރިއެރުމާއި ކާމިޔާބު ބޭނުން ކަމަށް،" އާޓެޓާ ބުންޏެވެ.

"އިތުރަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް، އެ ރޫހު އެބަ ފެނޭ، ކާމިޔާބު ހޯދޭނެ ކަމުގެ އިހުސާސް ވެސް ކުރެވޭ،"

އާޓެޓާ ބުނީ، ލީގު ހޯދާނަމަ ޔަގީނުން ވެސް ކުރަން ޖެހޭނެ ކަމަކީ، މިދިޔަ އަހަރު ހެދި ގޯސްތައް ތަކުރާރު ނުކުރުން ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ އަމިއްލަ އަތުގައި އޮންނަ ކޮންޓްރޯލެއް ގެއްލުނަނުދީ އެހެން ބަޔަކަށް ބަރޯސާނުވުމަށް ކަމަށް އާޓެޓާ ފާހަގަކޮށްފައިވެ އެވެ.

ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު، މިކޭލް މެރީނޯ ހޯދަން އާސެނަލުން މަސައްކަތް ކުރަމުން އަންނައިރު، އާޓެޓާ ވަނީ އެ ޑީލާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox