ޓެކްސް ޓްރައިބިއުނަލް މައްސަލާގައި އިތުރު މުވައްޒަފުންގެ ބަސް ހޯދަން އެ ތަނުގެ މުވައްޒަފުން މަޖިލީހުގައި އެދިއްޖެ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ބެލި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ - ފޮޓޯ: މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ބެލި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ - ފޮޓޯ: މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރެއް ވަކިކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި މައްސަލާގައި، އެ ތަނުގެ ސެކްޝަންތަކުގެ ހެޑުން ހިމެނޭ ގޮތަށް އިތުރު މުވައްޒަފުންގެ ބަސް ހޯދައި މައްސަލަ އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ވަނީ އެ ތަނުގެ އެހެން މެންބަރުން ކޮރަޕްޝަންގެ ބައެއް އަމަލު ހިންގާ ކަމަށް ތުހުމަތުކޮށް މަޖިލީހަށް ސިޓީއެއް ފޮނުވީ އެވެ. އެ މައްސަލަ ބަލައި ކޮމިޓީން ނިންމީ ސާޖިދު ފިޔަވައި އެހެން މެންބަރުން ވަކިކުރުމަށް ލަފާ ދިނުމަށެވެ.

ކޮމިޓީން މައްްސަލަ އިތުރަށް ބަލައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް، ޓެކްސް ޓްރައިބިއުނަލްގެ 16 މުވައްޒަފަކު ސޮއިކޮށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވި އެވެ. ޓްރައިބިއުނަލްގައި ޖުމުލަ ތިބެނީ 20 މުވައްޒަފުންނެވެ.

މުވައްޒަފުން ފޮނުވި ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މައިގަނޑު ކަމަކީ މަޖިލީހުގެ ކޮމިޓީން ހަމައެކަނި ޓްރައިބިއުނަލްގެ މެންބަރުންގެ އިތުރަށް ޓްރައިބިއުނަލްގެ ރަޖިސްޓްރާގެ ބަސް ހޯދުމެވެ.

ޓްރައިބުނަލްގެ މެންބަރުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރާއިރު އެއިން ބައެއް ކަންކަމަކީ ޓްރައިބިއުނަލްގެ ހަތަރު ސެކްޝަނަށް ވެސް އެނގިގެން ހިނގާނެ ކަންކަން ފާހަގަކޮށް، ސެކްޝަންތަކުގެ ހެޑުންގެ ބަހެއް ހޯދުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

މާލިއްޔަތު ގަވާއިދާ ހިލާފަށް މުއާމަލާތެއް ހިންގި ކަމަށް ތުހުމަތު ކުރާ އިރު، ޓްރައިބިއުނަލްގެ މާލީ ޒިންމާދާރު ވެރިޔާ ކަމަށްވާ ޓްރައިބިއުނަލްގެ އެޑްމިިނިސްޓްރޭޓާގެ ބަހެއް ހޯދަން ވާނެ ކަމަށް ސިޓީގައި އެދިފައިވެ އެވެ.

މެންބަރުންގެ މަޖިލީހުގެ ޔައުމިއްޔާތައް ބެލެެހެއްޓުމަށް ހަވާލުވެފައިވާ ލީގަލް، ރިޕޯޓިން، އެންޑް ކޭސް މެނޭޖުމަންޓް ސެކްޝަންގެ ހެޑުގެ ބަހެއް ހޯދަން ވާނެ ކަމަށް ސިޓީގައިވެ އެވެ.

މައްސަލަތައް ބެލުމުގައި ދެން ބައިވެރިވާ އެސެސްމަންޓް އެންޑް އިވެލުއޭޝަން ސެކްޝަންގެ ހެޑުގެ ބަހެއް ވެސް ހޯދަން ވާނެ ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

މުވައްޒަފުންނާއި ސެކްޝަންތަކުގެ ހެޑުންގެ ބަސް ހޯދުމެއް ނެތި ކުރެވޭ ތުހުމަތަކަށް ބިނާކޮށް މެންބަރުން ވަކިކުރަން ނިންމުމުން ޓެކްސް ޓްރައިބިއުނަލްގެ ބެކްލޮގުގައި ހުރި 40 އަށް ވުރެ ގިނަ މައްސަލަ ބަލަން ކުރަން ޖެހޭ މަސައްކަތްތައް އަލުން ތަކުރާރުކުރަން ޖެހުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށް ލިޔެފައިވެ އެވެ.

ކޮމިޓީންް ވަކިކުރަން ލަފާ ދިނުމަށް ފާސްކުރީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލްއާއި، މެންބަރު އަހުމަދު އަޝްރަފު، އަދި މެންބަރު ހަޖީދާ ނައީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޓްރައިބިއުނަލްގެ މެންބަރުން ހާޒިރުކޮށް ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ އޯޑިއޯ ސްޓްރީމް ލައިވުނުކޮށް ސިއްރުކޮށްގެންނެވެ. ކޮމިޓީގެ މެންބަރުންގެ ވޯޓުން ފާސްކޮށްގެން ކޮމިޓީ ބައްދަލުވުމެއް ސިއްރުކުރުމުގެ އިހުތިޔާރު މެންބަރުންނަށް އޮވެ އެވެ.

ޓްރައިބިއުނަލްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ "އަދަދު" ނޫހަށް ލިބިފައިވާއިރު އެ ސިޓީން މެންބަރުންގެ މައްޗަށް ކުރާ ބައެއް ތުހުމަތުތައް އެނގުނެވެ. އެންމެ ބޮޑު ތުހުމަތަކަށް އޮތީ ޓްރައިބިއުނަލްގެ ބޭނުމަށް ގ. މާގަހަ ކިޔާ ގެއެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ ތުހުމަތެކެވެ.

ސިޓީން އެނގުނު ގޮތުގައި އެއީ 19 ވަަނަ ރައްޔިތުންގެ މަޖިލީހަށް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މެންބަރު ސާޖިދު ހުށަހެޅުއްވި މައްސަލައެކެވެ. އަދި އޭޕްރީލް، 2023، ގައި އޭގައި ކޮރަޕްޝަނެއް އަދި މައްސަލައެއް ނެތް ކަމަށް އޭސީސީން ނިންމި ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓަ ޖެެނެރަލްގެ އޮފީހުން، ޓްރައިބިއުނަލް އޮޑިޓް ކުރުމަށް ފަހު 2022 ވަަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓްގައި ވެސް އެ އިމާރާތާ ގުޅޭ މައްސަލައެއް ފާހަގަކޮށްފައި ނެތް ކަން ސިޓީގައި ބުނެފައިވެ އެވެ.

ޓްރައިބިއުނަލުން ދައްކަން ޖެހޭ ކުލީގެ އަދަދަކީ މާލީ ބުރައަކަށް ވާތީ ފިނޭންސް މިިނިސްޓްރީއާ އެކީ ބޭއްވި ގިނަ ބައްދަލުވުންތަކުގައި ޓްރައިބިއުނަލްގެ މެންބަރުން ފާހަގަކޮށްފައިވާ ކަމަށާއި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒާ ބައްދަލު ކުރުމަށް ފަހު ވެސް ފާހަގަކުރި ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން ކުލީގެ މައްސަލައަކީ ޓްރައިބިއުނަލްގެ މެންބަރުން ހައްލެއް ހޯދުމަށް މަސައްކަތް ނުކުރާ ކަމެއް ވެސް ނޫން ކަމަށް ސިޓީގައި ބުނެ އެވެ.

މެންބަރުންގެ މައްޗަށް ދެން ކުރާ އެންމެ ބޮޑު ތުހުމަތަކީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކޮންފަރެންސިން ސިސްޓަމެއް ހޯދުން ކަން ސިޓީން އެނގުނެވެ.

މުވައްޒަފުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ސިސްޓަމް ހޯދުމަށް އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓުން ހަ ކޯޓޭޝަނެއް ހޯދައި ޓްރައިބިއުނަލުން ގަތީ އެންމެ ދަށް އަގު ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ ސިސްޓަމް ކަމަށެވެ. އަދި އެއީ 35،000 ރުފިޔާއަށް ވުރެ ދަށް އަގެއް ކަމަށް ސިޓީގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox