ޕާކިން މައްސަލަ ހައްލުކުރަން ހުޅުމާލޭގައި 15 އިމާރާތް އަޅައި 4،000 ވެހިކަލަށް ޖާގަ ހަދަނީ

މާލޭގެ މަގުމަތީގައި ސައިކަލުތަކެއް ޕާކުކޮށްފަިއ: ހުޅުމާލޭގަ އަޅާ 15 ޕާކިން އިމާރާތްތަކަކުން 4،000 ވެހިކަލަށް ޕާކުކުރެވޭނެ ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

މާލޭގެ މަގުމަތީގައި ސައިކަލުތަކެއް ޕާކުކޮށްފަިއ: ހުޅުމާލޭގަ އަޅާ 15 ޕާކިން އިމާރާތްތަކަކުން 4،000 ވެހިކަލަށް ޕާކުކުރެވޭނެ ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އަޅަން ނިންމާފައިވާ 15 ޕާކިން އިމާރާތުން 4،000 އުޅަނދަށް ޖާގަ ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވެއްޖެ އެވެ.

ވެރި ރަށުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، މި އިމާރާތްތަކަކީ ހުޅުމާލެ ޑިވެލޮޕްމަންޓު ޕްލޭނުގައި ހިމެނިގެން ތަރައްގީކުރެވޭ އިމާރާތްތަކެއް ކަމަށެވެ.

"15 ވަރަކަށް ޕާކިން ބިލްޑިން [އެޅިގެންދާނެ]. މިއަދު އަޅުގަނޑަށް ދަންނަވާލަން ކެރޭނެ ގާތްގަނޑަކަށް 4،000 ޕާކިން ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ،" އޭނާ ވިދާލުވި އެވެ.

Advertisement

ފަޒުލް ސިފަކުރެއްވީ މި 4،000 ޖާގައަކީ ރައްޔިތުން ގެންގުޅޭ ކާރު ނުވަތަ އުޅަނދު "ނިދަން" ނުވަތަ "ދާއިމަށް" އޮންނާނެ ތަންތަނުގެ ގޮތުގަ އެވެ. މި ޖާގަތައް ދޫކުރާނީ ވިޔަފާރި އުސޫލުންނެވެ.

"މި ޕްރޮޖެކްޓުވެސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން އިއުލާނު ކޮށްލާނަން. އަދި މީގެ ޕްރީސޭލްގެ މަސައްކަތްތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފަށްޓާނެކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ފަޒުލް ވިދާޅުވި އެވެ.

ޕާކިން އިމާރާތްތަކުގެ އިތުރުންވެސް ހުޅުމާލޭގެ ޕާކިން މައްސަލަތަކަށް ހައްލު ގެނައުމަށް އެ ކުންފުނިން ރާވާފައިވާ ކަންކަން ފަޒުލް މިއަދު ހިއްސާކުރެއްވި އެވެ. އެގޮތުން ކުލި ދައްކައިގެން ޕާކު ކުރެވޭނެ ވަކި ސަރަހައްދުތަކެއް އިއުލާނުކޮށް، މަގުމަތިންވެސް ވަގުތީ ގޮތުން ޕާކުކުރަން ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅަން އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ޕާކިން މައްސަލައާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ އިތުރުން ހޯމް މިނިސްޓްރީ، ފުލުހުން، މާލެ ސިޓީ ކައުންސިލް އަދި ޓްރާންސްޕޯޓް މިނިސްޓްރީންވެސް ބައިވެރިވި އެވެ.

މާލެ ސަރަހައްދުގައި ޕާކިން އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަމެކެވެ. ނަމަވެސް ވެރިކަމަށް ނުވަ މަސް ވާން ކައިރިވެފައިވާއިރު، އަދިވެސް އެ މަޝްރޫއު ފެށިފައެއް ނުވެ އެވެ.

ހުޅުމާލެއިން 4،000 ޕާކިން ޖާގަ ލިބޭނެ އިމާރާތްތަކަށް އަޅަން ނިންމާފައިވާއިރު، މާލޭ ސަރަހައްދުގައި މިހާރު ވެސް 118،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި އެކެއްގެ ނަމުގައި ވެސް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox