ފްރާންސާއި އިރާނަށް ނައިބު ރައީސް ކުރެއްވި ދެ ދަތުރަށް 1.8 މިލިއަން ރުފިޔާ ހަރަދުވި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު: ނައިބު ރައީސް ކުރެއްވި ދެ ދަތުރަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފި --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު: ނައިބު ރައީސް ކުރެއްވި ދެ ދަތުރަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފި --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިހަށާއި އިރާނުގެ ވެރިރަށް ޓެހްރާންއަށް ކުރެއްވި ރަސްމީ ދެ ދަތުރަށް ދައުލަތުގެ ބަޖެޓުން 1.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނައިބު ރައީސް ފްރާންސަށް ވަޑައިގަތީ އެ ގައުމުގައި ކުރިއަށްދިޔަ އޮލިމްޕިކްސް ކުޅިވަރުތައް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އިރާނަށް ވަޑައިގެންނެވީ އެ ގައުމުގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެެވެ.

ރައީސް އަދި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުތަކުގެ ހަރަދުގެ ތަފުސީލު ހާމަކުރައްވަން ރައީސް މުއިއްޒު ނިންމެވީ މި އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް، މީގެ ކުރިން އެކި ހަރަދުތަކަށް ވަކިން ހަރަދުވި މިންވަރު އާންމުކުރިޔަސް މިފަހަރު އާންމުކުރީ ކޮންމެ ދަތުރަކަށް ހަރަދުވި ފައިސާގެ ޖުމްލަ އަދަދު އެކަންޏެވެ.

ރަސްމީ ދަތުރުތަކުގައި ފަސްޓް ކުލާސް ހިޔާރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ތަފުސީލު ނުދޭތީ ނައިބު ރައީސް ދަތުރުކުރި އެއާލައިނެއް އަދި ކުލާހެއް ނޭނގެ އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ޕެރިހަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުގެ ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވަނީ 1،344،127ރ. (އެއް މިލިއަން ތިލް ލައްކަ ސާޅީސް ހަތަރުހާށް އެއްސަތޭކަ ހަތާވީސް ރުފިޔާ) ކަމަށެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީން މި ދަތުރުގައި ނައިބު ރައީސް ވަނީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތްލީޓުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ. މި ދަތުރުގައި ނައިބު ރައީސް، އެކި ގައުމުތަކުގެ ވަޒީރުންނާ ބައްދަލުކޮށް ކުޅިވަރާއި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތު ކަރުދާހުގއި ބުނެފައިވެ އެވެ.

އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވި ރަސްމިއްޔާތަށް، ރައީސް މުއިއްޒުގެ މަންދޫބެއްގެ ގޮތުން ނައިބު ރައީސް ވަޑައިގެންނެވީ ޖުލައި 29، ގަ އެވެ.

ދެ ދުވަހުގެ މި ދަތުރަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 464،617ރ. ހަރަދުކޮށްފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުގައި ނައިބު ރައީސް ވަނީ މެދުކެނޑުމަކަށްފަހު 2023 ގައި އީރާނާއެކު ރާއްޖެއިން ގާއިމުކުރި ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާމެދު އެ ގައުމުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވާފަ އެވެ. އަދި ނައިބު ރައީސް ވަނީ އެ ގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލުކޮށް ހުރި ދަތިތައް އޮޅުންފިލުއްވި އެވެ.

ދެ މިލިއަނެއްހާ ރުފިޔާ ހަރަދުކުރައްވާ ނައިބު ރައީސް ރަސްމީ ދެ ދަތުރެއް ކޮށްފައި މިވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ސަރުކާރުން ހަރަދުކުޑަކުރަން ނިންމާފައިވަނިކޮށެވެ.

ގައުމުގެ އިގުތިސޯދީ ހާލަތު ގޯސް ކަމަށް ސަރުކާރުން ބުނި ނަމަވެސް، މީގެ ކުރިން ހަފުތާއަކު އެއްފަހަރު އާންމުކުރަމުންދިޔަ މާލީ ހިސާބުތައް އާންމުނުކޮށް ދެމަސްވާން ކައިރިވެފައިވާތީ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox