ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ޕީއެންސީ މެންބަރުންގެ އެއްވެސް ސުވާލެއް ނެތް

ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އެކި ރަށްރަށުގައި ހިިނގާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބުއާ ސުވާލު ކުރުމަށް މިއަދު މަޖިލީހުގައި ލިބުނު ވަގުތުގެ ބޭނުން ނުކޮށް ޕީއެންސީގެ މެންބަރުން ދޫކޮށްލައްވައިފި އެވެ.

މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މައުރޫފްގެ ސުވާލަށް ޖަވާބު ދެއްވުމަށް ފަހު މިނިސްޓަރާ ސުވާލު ކުރަން 30 މިނެޓުގެ ވަގުތެއް ރިޔާސަތުން ދެއްވި އެވެ.

ނަމަވެސް އެ ވަގުތުގައި މިނިސްޓަރާ ސުވާލު ކުރެއްވީ ޕީއެންސީގެ އެންމެ މެންބަރަކު ފިޔަވައި ހުސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި މިނިވަން މެންބަރެކެވެ. ޕީއެންސީގެ ފަރާތުން މުއްތަލިބުއާ ސުވާލު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެކަންޏެވެ.

އޭނާ ވެސް ސުވާލު ކުރެއްވީ ތަރައްގީގެ މަޝްރޫއުއަކާ ގުޅޭގޮތަކުން ނޫނެވެ. ފަލާހު ސުވާލު ކުރެއްވީ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ހިމެނި ފައިސާގެ އަދަދާއި އެމްޑީޕީ އެ މަޝްރޫއުތަކާ ގުޅޭގޮތުން އެމްޑީޕީ މެންބަރުން މިނިސްޓަރާ ބައްދަލު ކުރެއްވި ތޯ އެވެ.

"އެމްޑީޕީން ފަށާފައި މިހުރި މަޝްރޫއުތަކުގައި އެ މަޝްރޫއުތައް ހިންގައި ނިންމޭ ވަރަށް ބަޖެޓުގައި އެ ބޭފުޅުން ފައިސާ ހިމަނުއްވާފައި އަދި އެ ފައިސާ އެބަހުރިތޯ؟ ދެވަނަ ސުވާލަކީ އެ ބޭފުޅުން ރައްޔިތުން އެ ދާއިރާތައް އެ ބޭފުޅުންގެ ދާއިރާތަކުގައި ނުކުރެވި ހުރި މަސައްކަތްތައް، އެ މަސައްކަތްތަކުގެ ތަފުސީލު ހޯދަން ވަޒީރުގެ އަރިހަށް ދިޔުމަށްޓަކައި ވަޒީރަށް ސިޓީގެ ޒަރިއްޔާއިންވިޔަސް އަދި އެ ނޫން ވެސް ޒަރިއްޔާއަކުން ވެސް މަސައްކަތް ކޮށްފައިވޭތޯ ވަޒީރާ ބައްދަލު ކޮށްގެން އެ ތަފުސީލުތައް ހޯދަން،" ފަލާހު ސުވާލު ކުރެއްވި އެވެ.

ތަރައްގީގެ އެއްވެސް މަޝްރޫއުއަކާ ގުޅޭގޮތުން މިނިސްޓަރާ ޕީއެންސީ މެންބަރުން ސުވާލު ކުރައްވާފައި ނުވާއިރު، މިދިޔަ ހަފުތާގައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް ކުރިއަށްދިޔަ ވަގުތު އެ ޕާޓީގެ ޗެއާ ޕާސަން، ފައްޔާޒު އިސްމާއިލްއަށް ޕީއެންސީގެ މަޖިލިސް މެންބަރަކު ފޮނުވި ކަމަށް ވިދާޅުވެ މެސެޖެއް ހިއްސާ ކުރެއްވި އެވެ.

ފައްޔާޒު އެރޭ ވިދާޅުވީ އެ މެސެޖުގައި އޮތީ "ރަށްރަށުގައި ފަށައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ސަރުކާރުގެ މާލީ ހާލަތު މިވަގުތު ދަށްވަމުން ދާތީ އެ ޕްރޮޖެކްޓުތަކުގެ ވާހަކަ ނުދެއްކުމަށް ރައީސް މުއިއްޒު ވަނީ އަޅުގަނޑުމެންނަށް އަންގަވާފައި،" ކަމަށެވެ.

އެ މެސެޖު ފައްޔާޒު ހިއްސާ ކުރެއްވި ރޭ، ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ލައްވައި ރައީސްގެ އެއްވެސް މެސެޖެއް ލީކު ނުކުރާ ކަމަށް ހުވާ ވެސް ކުރުވި އެވެ. އެކަން ޕީއެންސީގެ މަޖިލިސް މެންބަރުން "އަދަދު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox