ރަށްރަށުގައި ފެނަކަައިން ހިންގަމުންދާ ހުރިހާ މަޝްރޫއުތަކެއްގެ ކޮންޓްރެކްޓު ބާތިލުކޮށް އެމްޑަބްލިއުއެސްސީއަށް ދެނީ

މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުންނަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ފެނަކައާ މަޝްރޫއުތައް ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކުންފުންޏަކީ ކޮންޓްރެކްޓު ހަވާލުކޮށްގެން މަސައްކަތް ކުރެވޭ ވަރުގެ ކުންފުންޏެއް ނޫން ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުންނަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ފެނަކައާ މަޝްރޫއުތައް ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކުންފުންޏަކީ ކޮންޓްރެކްޓު ހަވާލުކޮށްގެން މަސައްކަތް ކުރެވޭ ވަރުގެ ކުންފުންޏެއް ނޫން ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ރަށްރަށުގައި ފެނަކައިން ހިންގަމުންދާ ހުރިހާ މަޝްރޫއުއެއްގެ ކޮންޓްރެކްޓު ބާތިލުކޮށް އެމްޑަބްލިއުއެސްސީ އާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބާ ސުވާލު ކުރިއިރު އޭގެ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ފެނަކައާ ހަވާލު ކޮށްގެން ރާއްޖޭގެ 20 ރަށެއްގައި ހިންގަމުންދިޔަ މަޝްރޫއުއެއް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

މި މަސް ނިމުމުގެ ކުރިން އެމްޑަބްލިއުއެސްސީއާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ވީހައިވެސް އަވަހަކަށް އެމްޑަބްލިއުއެސްސީއާ މަސައްކަތްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރެވޭނެ މަގެއް ފެނޭތޯ ޓެންޑާ ބޯޑާއެކު މަޝްވަރާ ކުރަމުންދާކަން އޭނާ ހާމަކުރެއްވި އެވެ.

"ފެނަކައަކީ މިކަހަލަ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ އާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ ސަރުކާރުން ނިންމީ އެ ޕްރޮޖެކްޓު މަސައްކަތް، އެގޮތަށް ހަވާލުކޮށްފައި، ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް، ކޮންޓްރެކްޓު ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުން،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ރަށެއްގައި ހިންގަމުންދާ މަޝްރޫއުއެއް ހުއްޓާލައިގެން ސަރުކާރުން ނުތިބޭނެ ކަމަށާއި ވީހައިވެސް އަވަހަކަށް މަޝްރޫއުތައް ފެށޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން 20 ރަށުގެ މަޝްރޫއުތައް ހިންގުމަށް އެއް ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ހުށަހަޅާފައިވާ އަންދާސީ ހިސާބަށް ބަލާއިރު ލަފާ ކުރެވޭ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. އެ 20 ރަށުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު މަޖިލީހަށް މިއަދު ހާޒިރުވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު ކުރައްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މައުރޫފް ޒާކިރު ސުވާލު ކުރެއްވީ ބ. ދޮންފަނުގައި ފަށާފައިވާ ނަރުދަމާގެ މަސައްކަތުގެ އާރްއޯ ޕްލާންޓާއި އެޑްމިން ބިލްޑިން އަދި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓިފައި ހުރީ ކީއްވެތޯ އާއި އެ މަސައްކަތް ފެށި ރައްޔިތުންނަށް ހިދުމަތް ދެވޭނީ ކޮންއިރަކުންތޯ އެވެ.

ޖަވާބުގައި މުއްތަލިބު ވިދާޅުވީ އެ ރަށުގެ މަޝްރޫއުތައް ވެސް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox