އިންޑިއާ ސިފައިން ފޮނުވާނުލެވުމަކީ ދިވެހިން އެކަން ބޭނުން ނުވުމެއް ނޫން: އުމަރު ނަސީރު

އަދަދުގެ އެތެރެފުށް ޕްރޮގުރާމުގައި ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އަދަދުގެ އެތެރެފުށް ޕްރޮގުރާމުގައި ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިޔާސީ އިންތިހާބުގައި މި ސަރުކާރު ގެންނަން ދިވެހިން ވޯޓު ލީ އިންޑިއާ އަސްކަރިއްޔާ މިތަނުން ފޮނުވައިލަން ކަމަށާއި އެކަން އަދި ނުވުމަކީ ދިވެހިން އެކަން ބޭނުން ނުވުމެއް ނޫން ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ބޭރަށް ނުކުމެވަޑައިގެންނެވި ވަގުތު "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އުމަރު ސޯޝަލްމީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމުގެ ސަބަބުން ރާއްޖެގެ ސަލާމަތީ އަދި ހާރިޖީ މުހިންމު ނިންމުންތައް ދިވެހިން އަމިއްލައަށް ނިންމުމަށް ބުރޫ އަރާފައިވާ ކަމަށެވެ.

"ދިވެހިން އަދިވެސް ބޭނުންވަނީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ފައި ހަރު ކޮށްލައިގެން 14 އަހަރު މި ތިބި ތިބުމަށް ނިމުމެއް ގެންނަން، އެކަން އިންޑިއާއިން ނުކޮށް ސިޔާސީ ވެރިން ރުއްސައިގެން އެ މީހުންގެ ރާގު ބަދަލު ކުރުވައިގެން ދެމިތިބެވިދާނެ ކަމަށް ހީކޮށްގެން ނުވާނެ، އެކަން ނިމުމަކަށް އަންނާނެ، ދިވެހި ތަރީހުން އެކަން އެނގޭނެ،" އޭނާ ލިޔުއްވާފައި ވެ އެވެ.

އިންޑިއާއަކީ ރާއްޖޭގެ ގާތް އަވައްޓެރިއެއްކަން ފާހަގަކުރައްވައި އުމަރުގެ ޕޯސްޓުގައި ލިޔުއްވާފައި ވަނީ އެ ގައުމާއެކު ގާތް ގުޅުމެއް ބޭއްވުމަށް ދިވެހިން އަބަދުވެސް އެދޭ ކަމަށެވެ. ނަމަވެސް އިންޑިއާގެ އުނގުގައި އިށީންނަން ދިވެހިން ނޭދޭ ކަމަށެވެ.

"ދިވެހިން އެދެނީ އެއްވެސް ބަހަނާއެއް ދެއްކުމަކާ ނުލައި އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ފޭނުމަށެވެ، އެކން ދިވެހިން ހާސިލު ކުރާނެ އެވެ،" އުމަރު ނަސީރުލިޔުއްވާފައިވެ އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ މި ސަރުކާރު ގެނައުމަށް ދިވެހިން ވޯޓު ދިނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަށް ރުހިގެން ކަމަށެވެ. އަދި، މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވަނީ ރިޔާސީ ކެމްޕޭނު ތެރޭގައި ވެސް ވިދާޅުވެދެއްވި ހާރިޖީ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ސިފަކުރެއްވީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ހިމާޔަތްވާކަން ޔަގީން ކުރެވޭ ގޮތަށް، އެއްބާރުލުން ލިބޭ ހުރިހާ ގައުމަކާ އެކު، ތަފާތުކުރުމެއްނެތި، ގާތްގުޅުން ބޭއްވުން ކަމަށެވެ.

"އެ ސިޔާސަތުން ކަސިޔާރުވެގެން އެއްކައިރިއަށް ދިޔަ އެއްވެސް ވަގުތެއް ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން މައާފަށް އެދެން ޖެހޭ ސަބަބެއް ނެތެއްނޫންތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަތަކަށް އުމަރު ނަސީރުގެ އިތުރުން ވެސް ބައެއް އާންމު ފަރާތްތަކުން ސޯޝަލްމީޑިއާގައި ފާޑު ކިޔާފައިވެ އެވެ. ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ "އިންޑިއާ އައުޓް" ކެމްޕޭނުގައި އިސްކޮށް ރައީސް މުއިއްޒު ހަރަކާތްތެރިވެވަޑައިގެންނެވިއިރު، ގުޅުން ބަދަހި ކުރައްވަން އެ ވިދާޅުވާ ގުޅުން އެމަނިކުފާނު ނުދަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox