ޖައިޝަންކަރުގެ ދަތުރާއެކު ޒަމީރު ހުންނެވީ އިންޑިއާއާއެކު އިތުރަށް ގުޅުން ބަދަހިކުރުމުގެ އުންމީދުގައި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެކްސްޓާނަލް އެެފެއާޒް މިނިޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ އެކުގައި ބަޔާން ދެއްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެކްސްޓާނަލް އެެފެއާޒް މިނިޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ އެކުގައި ބަޔާން ދެއްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު، އެކްސްޓާނަލް އެެފެއާޒް މިނިޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރާއެކު ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ތިން ދުވަހުގެ ދަތުރުގައި ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. ރަސްމީ މަޝްވަރާތަކާއި ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ދެ ވަޒީރުން އެކުގައި ދެއްވި ގުޅިފައިވާ ބަޔާނުގައި ޒަމީރު ވިދާޅުވީ، އިންޑިއާ އަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާ އަދި ތަރައްގީގެ މަދަދުގާރެއް ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދެ ގައުމުގެ ދެމެދު ކުރަމުން އަންނަ މަތީ ފަންތީގެ މަޝްވަރާތަކާއެކު ބޭނުންވާ ދާއިރާތަކުން ގުޅުން ދަނީ އިތުރަށް ބަދަހިވަމުން. އަޅުގަނޑުމެން މި ތިބީ، ދެ ގައުމަށްވެސް ފައިދާވާނެހެން މި ގުޅުން މިހާރަވަށްވުރެވެސް ވަރުގަދަ ކުރަން ތައްޔާރަށް،" ޒަމީރު ވިދާޅުވި އެވެ.

Advertisement

މި ސަރުކާރުގެ ފުރަތަމަ ކޮޅު އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް، އެ ގައުމާ ދެކޮޅު ބަހުރުވައާއި ދިވެހި ސަރުކާރުން ދުރުވެ އެ ގައުމާ ގާތްވުމަށް މިހާރު ގެންދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ.

ޒަމީރުގެ ވާހަކައިންވެސް އެކަން ފެނިގެންދިޔަ އެވެ. އެގޮތުން އިޖުތިމާއި އަދި އިގުތިސޯދީ ގޮތުން އިންޑިއާއިން ޒަމާނުއްސުރެ ދެމުން ގެންދާ އެހީތެރިކަމަށް ހާރިޖީ ވަޒީރު ވަނީ ތަކުރާރުކޮށް ޝުކުރުއަދާކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި އައިޖީއެމްއެޗް ހޮސްޕިޓަލާއި މިހާރު މަސައްކަތް ކުރަމުންދާ ތިލަމާލެ ބުރިޖުވެސް ދެއްކެވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީހުގެ ބައެއް ވަޒީރުން ބޭއްވި ބައްދަލުވުމުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރަން ވަނީ މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި މާލީ، އިންވެސްޓްމަންޓު، ތައުލީމު، ދިފާއީ ދާއިރާ، އަދި ސަރަހައްދީ ގުޅުމުގެ ދާއިރާ ހިމެނެ އެވެ.

މީގެ ތެރެއިން ދިފާއި ގޮތުން އިތުރަށް ގުޅުން ބަދަހިކޮށް ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ސިފައިން އެކުގައި ބާއްވާ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމަށްވެސް އެއްބަސްވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox