ބާސެލޯނާ އިން ބޭނުންވާގޮތަށް އޮލްމޯގެ ޑީލް ނިންމައިފި

Aug 7, 2024, 11:30 AM
ބާސެލޯނާ އިން ބޭނުންވާގޮތަށް އޮލްމޯގެ ޑީލް ނިންމައިފި

ލައިޕްޒިގު (އޮގަސްޓް 7) - ބާސެލޯނާ އިން ބޭނުންވި ގޮތަށް އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑެނީ އޮލްމޯގެ ޑީލް ނިންމުމަށް އެއްބަސްވުމަކާ ގާތަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖަރުމަނާއި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޮލްމޯ، 26، ވަނީ ހަ އަހަރުގެ ޑީލެއްގައި ބާސެލޯނާއާ އެކު ސޮއިކުރަން އެއްބަސްވެފަ އެވެ. އަދި ބާސެލޯނާ އިން ވަނީ އޮލްމޯ ގަންނަން ލައިޕްޒިގަށް 65 މިިލިއަން ޑޮލަރު ޖުމްލަ އެކު ދައްކަން ނިންމައިފަ އެވެ. އޮލްމޯގެ ޑީލްގެ ފައިސާތައް ދެ އަހަރަށް ބަހާލައިގެން ދައްކަން، ބާސެލޯނާ އިން ވަނީ އެއްބަސްވެފަ އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގުގެ ކޮންޓްރެކްޓްގައި އޮލްމޯ ހުރިއިރު، އެ އެއްބަސްވުމުގެ މާއްދާއެއްގައިވާ ގޮތުން، މިދިޔަ މަހު 20 ވަނަ ދުވަހުގެ ކުރިން، 55 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު، އޮލްމޯ ގަތުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮތެވެ. އެއީ، ލައިޕްޒިގާ އެކު، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް އޮލްމޯގެ ކޮންޓްރެކްޓް އުވާލުމަށްފަހު އެވެ.

އެކަމަކު، ބާސެލޯނާ އިން އެ މުއްދަތުގައި އޮލްމޯ ނުގަންނަން ނިންމީ، މިދިޔަ މަހުގެ ނިޔަލަށް ގަވާއިދުގެ ތެރެއަށް ފައްތަން ޖެހޭ ބާސެލޯނާގެ މާލީ ކަންކަން ކޮޅެއްގައި ޖެއްސުމުގެ ގޮތުންނެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނުން ކާމިޔާބުކުރިއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އޮލްމޯގެ ޑީލެކޭ އެއްގޮތަށް ބާސެލޯނާ އިން ވަނީ ސްޕެއިނުގެ ނީކޯ ވިލިއަމްސް ވެސް ގަންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، ބާސެލޯނާގެ މާލީ ހާލަތު ހުރިގޮތުން، އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ނީކޯ ގަންނަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ބާސެލޯނާގައި 2007-2014 އަށް ހޭދަކުރި އޮލްމޯ އަކީ އެ ކްލަބްގެ ޔޫތު ޓީމުތަކުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު، ބާސެލޯނާ ދޫކޮށް އޮލްމޯ ވަނީ، 2014 ވަނަ އަހަރު ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބަށް ބަދަލުވެފަ އެވެ. އަދި އެ ޓީމަށް ގިނަ އަހަރުތަކެއް ކުޅުމަށް ފަހު، އޮލްމޯ ވަނީ 2020 ވަނަ އަހަރު ޖެނުއަރީ މަހު، 35 މިލިއަން ޑޮލަރަށް ލައިޕްޒިގަށް ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox